ނޫރަލިއާގައި ވޭނެއް ފޮރަޅާލާ ހިނގި އެކްސިޑެންޓެއްގައި ދިވެހި ބަޔަކު ސަލާމަތްވެއްޖެ

ނޫރަލިއާގައި ވޭނެއް ފޮރަޅާލާ ހިނގި އެކްސިޑެންޓެއްގައި ދިވެހި ބަޔަކު ސަލާމަތްވެއްޖެއެވެ. ސްރީލަންކާގެ ނުވަރަލިޔާގައި ވޭނެއް ފުރޮޅާލައި މި އެކްސިޑެންޓު ހިނގާފައިވަނީ މި ޑިސެމްބަރު މަހުގެ 26ވަނަ ދުވަހުގެ...

28 Dec 2015 | 09:19

ނޫރަލިއާގައި ވޭނެއް ފޮރަޅާލާ ހިނގި އެކްސިޑެންޓެއްގައި ދިވެހި ބަޔަކު ސަލާމަތްވެއްޖެއެވެ.

ސްރީލަންކާގެ ނުވަރަލިޔާގައި ވޭނެއް ފުރޮޅާލައި މި އެކްސިޑެންޓު ހިނގާފައިވަނީ މި ޑިސެމްބަރު މަހުގެ 26ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ ހާދިސާގައި ހިނގަން ދިމާވީ ވޭން ދުއްވަން އިން ޑްރައިވަރަށް ނިދުމުގެ ސަބަބުން ކަމަށާއި ވޭން ކައްސާލައި ވަރަށް ދުރަށް ވިއްސައިގެން ދިޔުމުގެ ސަބަބުން ޑްރައިވަރަށް އަނިޔާވެފައިވާތީ، އޭނާއަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓު ހިނގި އިރު، ނޫރަލިއާގައި ޗުއްޓީ ހޭދަކޮއްލުމަށް ގޮސްތިބި ދިވެހިންގެ 9 މީހުން ތިބި އިރު، އޭގެ ތެރޭގައި ހިމެނޭ ކުޑަކުއްޖަކަށްވަނީ އަނިޔާވެފައެވެ. ނަމަވެސް އެއީ އެހާ ސީރިއަސް އަނިޔާއެއް ނޫންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް