ދަ ޑިކްޓޭޓާ ފިލްމުގެ ތަރި ސާޗާ، ސީރިއާގެ ރެފިއުޖީންނަށް އެއް މިލިޔަން ޑޮލަރު ހަދިޔާ ކޮށްފި

މަޝްހޫރު ހޮލީވުޑް ކޮމެޑީ ފިލްމު "ދަ ޑިކްޓޭޓާ"ގެ ތަރި ސާޗާ ބެރޮން ކޯހެން އާއި އޭނާގެ އަންހެނުން، ސީރިއާގެ ރެފިއުޖީންނަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބެރޮން އާއ...

28 Dec 2015 | 02:33

މަޝްހޫރު ހޮލީވުޑް ކޮމެޑީ ފިލްމު "ދަ ޑިކްޓޭޓާ"ގެ ތަރި ސާޗާ ބެރޮން ކޯހެން އާއި އޭނާގެ އަންހެނުން، ސީރިއާގެ ރެފިއުޖީންނަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބެރޮން އާއި އޭނާގެ އަންހެނުން އިސްލާ ފިޝާގެ ފަރާތުން އެއް މިލިޔަން ޑޮލަރު ހަދިޔާ ކޮށްފައިވަނީ ޗެރިޓީ ފަންޑަކަށެވެ. އެ ފަންޑަށް ބެރޮންގެ ދެކަނބަލުންގެ ފަރާތުން އެއް މިލިޔަން ޑޮލަރު ހަދިޔާކޮށްފައިވާއިރު ސީރިއާގައި ހަރަކާތްތެރިވާ "އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ" (އައިއާރުސީ) ޖަމާއަތަށްވެސް ބެރޮންގެ ދެ ކަނބަލުން ވަނީ އެއް މިލިޔަން ޑޮލަރު ހަދިޔާ ކޮށްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ސީރިޔާގެ ދާހިލީ ހަނގުރާމައާއި ގުޅިގެން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ހަތަރު މިލިއަނަށްވުރެ ގިނަ މީޙުން ސީރިއާ ދޫކޮށް ހިޖުރަ ކޮށްފައި ވެ އެވެ.

ހޮލީވުޑް ކޮމީޑިއަން ސާޗާ ބެރޮން އާންމުންގެ ތެރެއަށް މަގުބޫލު ވެފައިވަނީ 2006 ވަނަ އަހަރު އޭނާ ކުޅުނު ފިލްމު "ބޯރާތު" އިންނެވެ. އެއަށްފަހު މިހާތަނަށް ހަތް ފިލްމެއް ބެރޮން ކުޅެފައިވާއިރު އެންމެ ބޮޑު ކާމިޔާބެއް ލިބިފައިވަނީ "ދަ ޑިކްޓޭޓާ" އަށެވެ. އަންނަ އަހަރުވެސް ބެރޮންގެ ދެ ފިލްމެއް ނިކުންނާނެ ކަމަށް ވެ އެވެ. އެއީ "ދަ ބްރަދާސް ގްރިމްސްބީ" އާއި "އެލިސް ތްރޫ ދަ ލުކިންގް ގްލާސް" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް