އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިލުފުށީގައި ޓީމް ބިލްޑިންގް އެކްސަސައިޒްތަކެއް ހިންގައިފި

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ވިލުފުށީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން  ތ. ވިލުފުށީގައި ހުރި މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަނ...

28 Dec 2015 | 02:11

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ވިލުފުށީ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން  ތ. ވިލުފުށީގައި ހުރި މުއައްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަމުގެ ރޫޙު ދަމަހައްޓައި މަސައްކަތުގެ މާޙައުލުގައި އެކީގައި މަސައްކަތް ކުރުމުގެ ފޯރި ޤާއިމް ކުރުމަށް އަމާޒުކޮށްގެން ޓީމް ބިލްޑިންގް ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހު ވިލުފުށީގައި ކުރިޔަށް ގެންދިޔަ މި ޙަރަކާތްތަކުގައި ވިލުފުށީގައި ހުރި މުއައްސަސާތަކުގައި މަސައްކަތް ކުރާ މުއައްޒަފުންގެ އިތުރުން ތ. ވިލުފުށީ ގިނައަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާކަމަށާއި ޓީމް ބިލްޑިންގް ޙަރަކާތްތައް ފެށުމުގެ ކުރިން، 2004 ޑިސެމްބަރ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ އެރުމުގެ ހާދިސާގައި ދުނިޔެ ދޫކުރަށްވާފައިވާ ފަރާތްތަކުގެ ހަނދާނުގައި ހަމަ ހިމޭން ކަމުގެސުކޫތެއް ގެނައި ކަމަށެވެ.

މި ޓީމް ބިލްޑިންގް އެކްސަސައިޒްތަކުން ވިލުފުށީގެ ތަރައްޤީއަށާއި ކުރިމަގަށް ކުރާ މަސައްކަތްތަކުގައި އެއްމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހްއާލާކުރުމުގެވެގެންދާނެ ކަމަށާއި އަދި މި އެކްސަސައިޒްތަކުން ޒުވާނުން  މުޖުތަމަޢަށް ވާސިލްވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅުން އިތުރަށް ބަދަހިކުރެވިގެންދާނެ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް