މަސްތުވާތަކެތީގެ ތިން ސެލޯފިންކޮޅާއެކު ރ މީދޫން ދެމީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 23 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.މި ދެ މީހުންނަކީ ވެސް ދިވެހިންނެވެ.
ފުލުހުން ބުނީ މި ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޕޮލިސް އިންޓެލިޖެންސަށް މި ދެ މީހުން މަސްތުވާތަކެތީގެ ވިޔަވާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރ.މީދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2015 ޑިސެމްބަރ 25 ވަނަ ދުވަހުގެ ރޭ 23:15 ހާއިރު ރ.މީދޫ ސްޓޭޖް ސަރަހައްދުން ކަމަށެވެ.
މި މައްސަލައިގާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ދެ މީހުން ބަލާފާސްކޮށް އެވަގުތު އެ ދެ މީހުން ތިބި ސަރަހައްދު ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރ.އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހަޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގް ކުރިޔަށް ގެންދިޔުމަށް ޢުމުރުން 23 އަހަރުގެ މީހާއަށް 10 ދުވަސް އަދި ޢުމުރުން 22 އަހަރުގެ މީހާއަށް 03 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް