ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށަށް ފެނަކަ ކޯޕަރޭޝަން (ފެނަކަ) ބަދަލު ނުކުރަން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެސްޓީއޯއިން މިރޭ ބުނެފައިވަނީ އެ ކުންފުނީގެ ދަށަށް ފެނަކަ ބަދަލުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް، 24 ނޮވެމްބަރު 2024 ވަނަ ދުވަހު މިނިސްޓްރީ އޮފް ފިނޭންސް އިން މި ކުންފުންޏަށް އަންގަވާފައިވާކަމަށެވެ.
ކުންފުނިން ސަރުކާރަށް ހުށަހެޅި އެކުއިސިޝަން ޕްރޮޕޯސަލްގައި ހިމެނިފައިވާ ކަންކަން ކުރިޔަށްގެގޮސްފައިވާ މިންވަރަށްބަލާ، އެސްޓީއޯއިން ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށް މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ސަރުކާރުން ނިންމީ މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އޭރު ނިންމީ 2025 ވަނަ އަހަރު ފެށޭއިރު ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް