މަގުމައްޗަށް ވެއްޓިފައި އޮތް މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓިފައިއޮއްވާ ފެނުނު މީހަކަށް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ސ.ހިތަދޫ ސޯސަންގެ، އުމުރުން 53 އަހަރުގެ އަހްމަދު ޝަރީފް އެވެ. ދުވަހަށް މައުލޫ...

28 Nov 2024 | 09:24

އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓިފައިއޮއްވާ ފެނުނު މީހަކަށް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ސ.ހިތަދޫ ސޯސަންގެ، އުމުރުން 53 އަހަރުގެ އަހްމަދު ޝަރީފް އެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ މިއަދު ހެނދުނު 8:50 ހާއިރު އާޓިފިޝަލް ބީޗް ކައިރިން މަގުމައްޗަށް ވެއްޓުނު މީހަކު ފުލުހުން އެޓެންޑްވެ އޭޑީކޭއަށް ގެންދިޔަ ކަމަށެވެ.

ފަރުވާދެމުން ދަނިކޮށް ހެނދުނު 10:00 ހާއިރު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް