މާލޭގައި ކާރެއްގައި ރޯކޮށްލި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ މާލެ، އަރާރަތްކުރި، އުމުރުން 35 އަހަރުގެ ހާލިދު މަހްމޫދު އާއި އދ. މާމިގިލި، ބްލޫވިންޑް، އުމުރުން 31 އަހަރުގެ ހަސަން ނަސީމް އެވެ.
ކޯޓު އަމުރެއްގެ ދަށުން މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުގެ އިރު އޮއްސުނުހާއިރު ބުރުޒުމަގު، ސިނަމާލެ އެކެއްގެ ޕާކިން ޒޯންގައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލާފައިވާކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް