ހިޔާ ފްލެޓްތަކުގެ ވެރިން އެ ފްލެޓްތައް ހަދަން ކުރި ޚަރަދު ލިބޭނެ ކަމުގެ ޔަޤީންކަން އެޗްޑީސީގެ އައު އެމްޑީ، ފަޒުލް ރަޝީދު ދެއްވައިފިއެވެ.
ފަޒުލް މިހެން ވިދާޅުވީ ޕްލެޓްފޯމެއްގައި ލިޔެފައިވާ ޕޯސްޓެއް ދޮގުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ހިޔާ ފްލެޓުގެ ފިނިޝިންއަށް ދޭން ވައުދުވި 200،00 ރުފިޔާ ނުދޭން ނިންމައިފި"ކަމަށްބުނާ އެ ޕޯސްޓް ދޮގުކުރައްވައި ފަޒުލް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވައުދުވި ގޮތަށް ހިޔާ ފްލެޓް ހަދަން ޚަރަދުކުރި ފައިސާ ހިޔާ ފްލެތްގެ ވެރިންނަށް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދެވި ފަޒުލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް