ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އަލަށް އުފައްދަން މަސައްކަތްކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަޔާއިމެދު މާދަމާ ގޮތެއް ނިންމާނެކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ދަރިކަލުން، ޒެއިންގެ ފަރާތްޕުޅުން ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ހުއްދައަށް އެދިވަޑައިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާމެދު މާދަމާ 02 ޖަހާއިރު ބާއްވާ ކޮމިޝަނުގެ ޖަލްސާގައި ގޮތެއް ނިންމާނެ ކަމަށެވެ.
އެކަމާއިމެދު އީސީން މާދަމާ ގޮތެއް ނިންމާނެކަން ހާމަކޮށްފައިވާއިރު އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ، ކުރީގެ ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ، ހުއްދަ ދިނުމުގެ ކަންތައް ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން މަލީހް މިއަދު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ ހުއްދައަކީ ކުންފުނި ރަޖިސްޓްރީ ކުރާގޮތަށް އޯވަރ ދަ ކައުންޓަރ ލިބެންޖެހޭ ފަސޭހަ ހުއްދައަކަށް ވާންޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް