ހައުސިން ޑިވެލޮޕްނަޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ފަޟުލް ރަޝީދު (ފަޒުލް) އައްޔަނުކޮށްފިއެވެ.
މި މަޤާމަށް ފަޒުލް އައްޔަނުކޮށްފައިވަނީ މަޤާމުގައި ކުރިން ހުންނެވި އަހްމަދު އާތިފް މަގާމުން ވަކި ކުރުމަށްފަހުގައެވެ.
ކ. މާލެ، މ. ޒޭވަރު އިބްރާހިމް ފަޟުލް ރަޝީދު (ފަޒުލް) އެ މަގާމަށް އައްޔަނުކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
އެ ބޯޑުން މިއަދު ބުނެފައިވާގޮތުގައި ފަޒުލް އެ މަގާމަށް އައްޔަނުކޮށްފައިވަނީ ގާނޫނު ނަމްބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް