އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް މަތީން ހަމަޖައްސައިފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޢަބްދުލް މަތީން މުޙައްމަދު އައްޔަނުކޮށްފިއެވެ. މި މަޤާމަށް މަތީން އައްޔަނުކޮށްފައިވަނީ މަޤ...

28 Nov 2023 | 13:04

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޢަބްދުލް މަތީން މުޙައްމަދު އައްޔަނުކޮށްފިއެވެ.

މި މަޤާމަށް މަތީން އައްޔަނުކޮށްފައިވަނީ މަޤާމުގައި ކުރިން ހުންނެވި ޙަސަން ޝާހް މަގާމުން ވަކި ކުރުމަށްފަހުގައެވެ.

ރ. ހުޅުދުއްފާރު، ނާރެސް ޢަބްދުލް މަތީން މުޙައްމަދު އެ މަގާމަށް އައްޔަނުކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

އެ ބޯޑުން މިއަދު ބުނެފައިވާގޮތުގައި މަތީން އެ މަގާމަށް އައްޔަނުކޮށްފައިވަނީ ގާނޫނު ނަމްބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް