ނިމިދިޔަ ހަފްތާގައި ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުނުވެ ސައިކަލުތަކެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި ދެމީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ނިޔާވެފައިވަނީ ސީރިއަސްވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދިޔަ ދެމަފިރިންގެ ތެރެއިން ފިރިމީހާއެވެ.
އުމުރުން 59 އަހަރުގެ އެ ފިރިހެން މީހާ ނިޔާވީ ރޭގެ މެންދަމުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައެވެ. ހާލު ސީރިއަސްވި އަންހެން މިހާއަށް އަދިވެސް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ފުލުހުން ބުނެފައިވާގޮތުގައި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުނުވެގޮސް ތިން ސައިކަލެއްގައި ޖެހިގެންނެވެ.
އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު ދެމީހެއްގެ ހާލު ސީރިއަސްވެގެން ދެމީހަކަށް ހަމަ އެރޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށިއެވެ. ފުލުހުން ފަހުންވަނީ އެ ކާރުގެ ޑްރައިވަރު ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް