ހަމަލާތައް މެދުކަނޑާލި މުއްދަތަށް ދެ ދުވަސް އިތުރުކޮށްފި

އިސްރާއީލާއި ހަމާސް އާއި ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް މެދުކަނޑާލާފައިވާ މުއްދަތަށް ދެދުވަސް އިތުރުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ މެދުވެރިވާފަރާތް...

28 Nov 2023 | 00:17

އިސްރާއީލާއި ހަމާސް އާއި ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް މެދުކަނޑާލާފައިވާ މުއްދަތަށް ދެދުވަސް އިތުރުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ މެދުވެރިވާފަރާތްކަމުގައިވާ ޤަތަރުންނެވެ.

އެގޮތުން ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މުއްދަތަށް ދެދުވަސް އިތުރުކުރަން ދެފަރާތުން އެއްބަސްވެފައިވާކަމަށެވެ.

މުއްދަތު އިތުރުކޮށްފައިވއިރު މިހާތަނަށް ހަމާސް އިން 41 އަސީރަކު ދޫކޮށްލާފައިވެއެވެ. ބަދަލުގައި އިސްރާއީލުން ފަލަސްތީނަށް ނިސްބަތްވާ 78 ގައިދީއަކު މިނިވަންކޮށްފައިވެއެވެ. މީގެ އިތުރުން މިއަދު އިތުރު 11 އަސީރެއްގެ ބަދަލުގައި ފަލަސްތީނުގެ 33 މީހަކު މިނިވަންކުރާނެކަމަށްވެސް ޤަތަރުން ބުނެފައިވެއެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކާއެކު އިސްރާއީލުން ފެށި ހަނގުރާމައަށް މިއަދު 53 ދުވަސް ހަމަވާއިރު އިސްރާއީލުން ދެމުންދިޔަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ޣައްޒާއިން 14،854 މީހަކު އަދި ހުޅަނގު އައްސޭރިން 239 މީހަކު ޝަހީދުކޮށްލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް