ދިވެހި ޒުވާނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނެފައިވަނީ ހދ. ނޮޅިވަރަންފަރު، ނޫރަންވިލާ، ހުސެއިން އާލިމް، 31، ގެއްލިގެން ރިޕޯޓްކުރުމުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
"މި މަހު 23 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އޭނާގެ އާއިލާއިން ރިޕޯޓްކޮށްފައިވަނީ މިއަދު 2:45 ހާއިރު" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އޭނާ މާލެ އައިކަން އެނގިފައިވާކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވާކަމަށާއި އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ހިއްސާކުރުމަށް އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް