ފީފާ ވޯލްޑް ކަޕް 2022: ޕޯޗުގަލް – އުރުގުއޭ މެޗު ޕްރިވިޔު

ތާރީޚް: 29 ނޮވެމްބަރ 2022 ގަޑި: 00:00 ސްޓޭޑިއަމް: ލުސެއިން ސްޓޭޑިއަމް ގްރޫޕް: އެޗް ހެޑް-ޓު-ހެޑް ނަތީޖާތައް: ފާއިތުވި ވޯލްޑް ކަޕްގެ ރައުންޑް އޮފް 16 ގައި މި ދެ ގައުމު ވާދަކުރިއިރު، އެ މެޗު 2-1 ގެ ނަތީޖ...

28 Nov 2022 | 15:47

ތާރީޚް: 29 ނޮވެމްބަރ 2022

ގަޑި: 00:00

ސްޓޭޑިއަމް: ލުސެއިން ސްޓޭޑިއަމް

ގްރޫޕް: އެޗް

ހެޑް-ޓު-ހެޑް ނަތީޖާތައް:

ފާއިތުވި ވޯލްޑް ކަޕްގެ ރައުންޑް އޮފް 16 ގައި މި ދެ ގައުމު ވާދަކުރިއިރު، އެ މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކުރީ އުރުގުއޭއެވެ.

މި ގްރޫޕްގައި މި ދެ ޓީމު ފިޔަވައި ދެން އޮތް ދެ ޓީމު 2 މެޗު ކުޅެފައިވާއިރު، ގާނާ އޮތީ 3 ޕޮއިންޓާއެކު 2 ވަނައިގައެވެ. ސައުތު ކޮރެއާ އޮތީ 1 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ. އެހެންކަމުން، މިރޭގެ މެޗުން ޕޯޗުގަލް މޮޅުވެއްޖެނަމަ 6 ޕޮއިންޓް ލިބި، ދެވަނަ ބުރު ކަށަވަރުވާނެއެވެ. އުރުގުއޭ މޮޅުވެއްޖެނަމަ 4 ޕޮއިންޓާއެކު 1 ވަނައަށް އަރާނެއެވެ. ޕޯޗުގަލް މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް މި މެޗުން ނުކުތަސް، މި ގްރޫޕުން ދެ ވަނަ ބުރަށް ދާ 2 ޓީމު ކަށަވަރު ވާނީ ގްރޫޕްގެ ފަހު މެޗުތަކުންނެވެ.

ސައުތު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި އުރުގުއޭގެ ވަރުގަދަ ފޯވާޑް ލައިނަށް މާކަ ބޮޑު ކަމެއް ނުކުރެވުނެވެ. މިރޭގެ މެޗުން މޮޅުވާން ބޭނުންނަމަ، އުރުގުއޭގެ ފޯވާޑުންގެ ކުޅުން ރަނގަޅުވާން ޖެހެއެވެ. ހާއްސަކޮށް ސުއަރޭޒްގެ ކުޅުން ރަނގަޅު ވާންޖެހެއެވެ. އުރުގުއޭ ޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިއަކަށް ވާނީ އެ ޓީމުގެ މިޑްފީލްޑަރ ވަލްވާޑޭއެވެ. ވަރުބަލިކަމެއް ނެތި ކުޅޭ ވަލްވާޑޭ އަކީ ދުރުން ނުރައްކާތެރި ޝޮޓްތައް ވެސް ނަގާ ކުޅުންތެރިއެކެވެ. އެކަން ޕޯޗުގަލްގެ ބާނާޑޯ ސިލްވާ ވެސް ވަނީ ފާހަގަކޮށްފައެވެ. އުރުގުއޭގެ ޑިފެންޑަރ އަރޫހޯ މިރޭގެ މެޗުގައި ވެސް ފުރަތަމަ 11 އިން ފެންނާނެކަމަކަށް ނުބެލެވެއެވެ.

ޕޯޗުގަލްގެ ޓީމަށް ބަލާއިރު، އަދިވެސް އެ ޓީމުގެ ތަރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެހެނަސް ފުރަތަމަ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ރޮނާލްޑޯއަށް ޕޯޗުގަލް ޓީމު ބަރޯސާ ވުން އެއީ ރަނގަޅު ނަތީޖާއެއް ހޯދުމަށް އެންމެ ރަނގަޅު ގޮތަށް ނުވެދާނެއެވެ. އެ ޓީމުގައި ތިބި ޖޯ ފީލިކްސް، ރަފައެލް ލިއޯ، ބްރޫނޯ ފެނާންޑޭޒް އަދި ބާނާޑޯ ސިލްވާ ފަދަ ކޮންމެ ކުޅުންތެރިއަކީ ވެސް ޓީމު ގޮތަށް ކުޅޭނަމަ ނަތީޖާ ނެރުމުގައި މުހިންމު ކުޅުންތެރިންނެވެ.

ޕޯޗުގަލް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ކޮސްޓާ، ކެންސަލޯ، ޑިއަޒް، ޕެޕޭ، ގުއެރެއިރޯ، ބާނާޑޯ، ނީވްސް، ކާވާޅޯ، ފެނާންޑޭޒް، ރޮނާލްޑޯ، ފީލިކްސް

އުރުގުއޭ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ޕޮޗެޓް، ސަސޭރެސް، ގޮޑިން، ގިމެނޭޒް، އޮލިވޭރާ، ވަލްވާޑޭ، ބެންޓެންކާ، ވެސީނޯ، ޕެލިސްޓްރީ، ސުއަރޭޒް، ނުނޭޒް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް