ފީފާ ވޯލްޑް ކަޕް 2022: ބްރެޒިލް – ސްވިޒަލެންޑް މެޗު ޕްރިވިޔު

ތާރީޚް: 28 ނޮވެމްބަރ 2022 ގަޑި: 21:00 ސްޓޭޑިއަމް: ސްޓޭޑިއަމް 974 ގްރޫޕް: ޖީ ހެޑް-ޓު-ހެޑް ނަތީޖާތައް: މިހާތަނަށް ވޯލްޑް ކަޕްގައި މި ދެ ގައުމުގެ 2 ކުރިމަތިލުމެއް ފެނިފައިވާއިރު، 2 މެޗު ވީ އެއްވަރެވެ. ބް...

28 Nov 2022 | 12:25

ތާރީޚް: 28 ނޮވެމްބަރ 2022

ގަޑި: 21:00

ސްޓޭޑިއަމް: ސްޓޭޑިއަމް 974

ގްރޫޕް: ޖީ

ހެޑް-ޓު-ހެޑް ނަތީޖާތައް:

މިހާތަނަށް ވޯލްޑް ކަޕްގައި މި ދެ ގައުމުގެ 2 ކުރިމަތިލުމެއް ފެނިފައިވާއިރު، 2 މެޗު ވީ އެއްވަރެވެ.

ބްރެޒިލް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ސާބިއާ އަތުން 2-0 ގެ ނަތީޖާއިން މޮޅުވެފައެވެ. ސްވިޒަލެންޑް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ކެމަރޫން އަތުން މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ. މިއަދު މި ގްރޫޕްގައި ކެމަރޫން އާއި ސާބިއާ ކުޅުނު މެޗު އެއްވަރުވެފައި އޮތުމުން، މިރޭގެ މެޗުން މޮޅުވާ ޓީމަކަށް، ބާކީ އެއް މެޗު އޮއްވާ ދެ ވަނަ ބުރު ކަށަވަރު ވާނެއެވެ.

ބްރެޒިލްއިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ފެވަރިޓުންގެ ގޮތުގައި އެ ޓީމު ބަލަންޖެހޭ ސަބަބު ދައްކުވައިދީފައެވެ. އަވަސް އެޓޭކިންގް ގޭމެއް ފެނުނުއިރު، މިރޭގެ މެޗުގައި ސްވިޒަލެންޑަށް ބްރެޒިލް ހިފެހެއްޓުން ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. ބްރެޒިލްއަށް އޮތް ހަމައެކަނި ނުތަނަވަސްކަމަކީ އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ނޭމާއަށް އަނިޔާވެފައިވުމެވެ. އޭނާ މިއަދުގެ މެޗުން ނުފެންނާނެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ބްރެޒިލް މިރޭގެ މެޗު ފަށާނީ އެންމެ ކުރިޔަށް ރަފީނާ، ރިޗާލިސަން އަދި ވިނީޝިއަސް ޖޫނިއާ ލައިގެންނެވެ.

ސްވިޒަލެންޑަށް ބަލާއިރު، ކެމަރޫން އަތުން ހަނި މޮޅެއް އެ ޓީމަށް ލިބިފައިވިޔަސް، އެ މެޗުގައި ތަފާތު ބޮޑު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ސްވިޒަލެންޑުން މިރޭގެ މެޗުގައި ވެސް ސަގީރީ އަށް ވަރަށް ބޮޑަށް ބަރޯސާ ވާނެކަމަށް ބެލެވޭއިރު، ސާބިއާއިން ކުޅުނު ފަދައިން، ބްރެޒިލްއާ ދެކޮޅަށް ވަރަށް ބޮޑަށް ޑިފެންސިވް ގޭމެއް ސްވިޒަލެންޑްގެ ފަރާތުން ފެނުން ވަރަށް ގާތެވެ.

ބްރެޒިލް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

އެލިސަން، މިލިޓާއޯ، ސިލްވާ، މާކުއިނޯސް، އެލެކްސް ސަންޑްރޯ، ކަސެމީރޯ، ފްރެޑް، ޕްކުއޭޓާ، ރަފީނާ، ރިޗާލިސަން، ވިނީޝިއަސް

ސްވިޒަލެންޑް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ސޮމާ، ވިޑްމާ، އަކަންޖީ، އެލްވެޑީ، ރޮޑްރިގޭޒް، ފްރޭލާ، ޒަހާ، ސޯ، ސަގީރީ، އެމްބޯލޯ، ވާގަސް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް