ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީ ގައި މިއަދު ކެމަރޫން އާއި ސާބިއާ ކުޅުނު މެޗު 3-3 ގެ ނަތީޖާއިން އެއްވަރު ވެއްޖެއެވެ. މި ނަތީޖާއާއެކު އަދި މި ދެ ޓީމަށް ވެސް ދެ ވަނަ ބުރުގެ ފުރުސަތު ނުގެއްލުނަސް، ކުރިޔަށް ދިއުމަށް ދެން އޮތީ ވަރަށް އުނދަގޫ މަގެކެވެ.
މިއަދު މި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފޯރިގަދަ މެޗެކެވެ. މެޗުގެ 29 ވަނަ މިނިޓުގައި ކެމަރޫން އިން ނެގި ކޯނަރެއް ޓޯލޯގެ ބޮލުގައި ޖެހިފައި ކަސްޓެލެޓޯ އަށް ލިބުމުން އޭނާ ބޯޅަ ގޯލަށް ފޮނުވާލައިގެން ވަނީ މެޗުގައި ކެމަރޫންއަށް ލީޑު ނަގައިދީފައެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ގާތް ގާތުގައި ޖެހި 2 ލަނޑާއެކު ސާބިއާގެ ކެމަރޫންގެ މައްޗަށް ކުރި ހޯދިއެވެ. ފުރަތަމަ ލަނޑު ޓަޑިޗް ދިން ބޯޅައަކުން ޕަވްލޯވިޗް ޖެހިއިރު، ދެ ވަނަ ލަނޑު ޒިވްކޯވިޗްގެ އެހީތެރިކަމާއެކު ޖެހީ މިލިންކޯވިޗް-ސަވިޗް އެވެ.
ދެ ވަނަ ހާފު ފަށައިގެން މާކަ ގިނައިރުތަކެއް ނުވެ އަނެއްކާ ވެސް މެޗުގެ ނަތީޖާ އެނބުރުނެވެ. ކެމަރޫން އިން 53 ވަނަ މިނިޓާއި 64 ވަނަ މިނިޓުގައި ޖެހި ލަނޑުތަކާއެކު މެޗުގެ ނަތީޖާ ހަމަހަމަކޮށްލިއެވެ. މި ލަނޑުތައް ޖަހައިދިނީ މިޓްރޯވިޗް އަދި އަބޫބަކުރެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| ކެމަރޫން | ސާބިއާ | |
| 3 | ލަނޑު | 3 |
| 37% | ބޯލް ޕޮޒިޝަން | 48% |
| 8 | ޝޮޓް އޮން ޓާގެޓް | 6 |
| 2 | ޝޮޓް އޮފް ޓާގެޓް | 7 |
| 372 (76%) | ޕާސްތައް (ކާމިޔާބު މިންވަރު) | 518 (84%) |
| 2 | ރީނދޫ ކާޑު | 2 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް