ތާރީޚް: 28 ނޮވެމްބަރ 2022
ގަޑި: 18:00
ސްޓޭޑިއަމް: އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމް
ގްރޫޕް: އެޗް
ހެޑް-ޓު-ހެޑް ނަތީޖާތައް:
މި ދެ ގައުމުގެ ކުރިމަތިލުމެއް މިހާތަނަށް ވޯލްޑް ކަޕްގައި ފެނިފައެއް ނުވެއެވެ.
މި ގްރޫޕްގައި ކޮންމެ ޓީމަކުން 1 މެޗު މިހާތަނަށް ކުޅެފައިވާއިރު، ސައުތު ކޮރެއާ ފުރަތަމަ ކުޅުނު މެޗުން އުރުގިއޭ މޮޅުވިޔަ ނުދީ ވަނީ ހިފަހައްޓާފައެވެ. ޕޯޗުގަލްއިން ގާނާ ބަލިކޮށް 3 ޕޮއިންޓާއެކު އެއްވަނައިގައި އޮތްއިރު، 1 ޕޮއިންޓާއެކު ސައުތު ކޮރެއާ އޮތީ 2 ވަނައިގައެވެ. އެހެންކަމުން، މިރޭގެ މެޗުން ސައުތު ކޮރެއާ މޮޅުވެ، ޕޯޗުގަލް – އުރުގުއޭ ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ގާނާ މުބާރާތުން ކަޓާނެއެވެ. އެހެންކަމުން، މިރޭގެ މެޗަކީ ސައުތު ކޮރެއާ އަދި ގާނާއަށް ވެސް ވަރަށް މުހިންމު މެޗެކެވެ.
ގާނާއަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ފީފާ ރޭންކިންގ ގެ އެންމެ ދަށުގައި އޮތް ޓީމު ކަމަށްވުމުން އެ ޓީމާމެދު ގިނަ ބަޔަކު މާކަ ބޮޑު އުންމީދެއް ނުކުރެއެވެ. އެހެން ނަމަވެސް، ގާނާއިން ވަރަށް ހިތްވަރުގަދަ ކުޅުމެއް ދެއްކިއިރު، ޕޯޗުގަލްއާ ފަހު ވަގުތު އެއްވަރުކޮށް ނުލެވުނީ ނަސީބު ދެރަކަމުންނެވެ. ގާނާގެ ކެޕްޓަން އަންދްރޭ އަޔޫ ވަނީ އޭނާގެ ޓީމު މުބާރާތަށް އައީ ރަނގަޅު ފައިޓެއް ދޭންކަން ސާބިތުކޮށްދީފައެވެ. މެދުތެރެއަށް ކުޅޭ ޒުވާން މުޙައްމަދު ކުޑޫސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިރޭގެ މެޗުގައި ގާނާއިން އެ ކުޅުން ތަކުރާރުކޮށްފިނަމަ ސައުތު ކޮރެއާއަށް ފަސޭހަ ނުވާނެއެވެ.
ސައުތު ކޮރެއާއަށް ބަލާއިރު، ފުރަތަމަ މެޗުގައި އެ ޓީމަށް އުރުގުއޭގެ ގޯލަށް އަމާޒުކޮށް އެންމެ ޝޮޓެއް ވެސް ފޮނުވާ ނުލެވުނެވެ. އެހެން ނަމަވެސް، ކޮރެއާ ޓީމަކީ ހަލުވި ޓީމެއްކަމުން ގާނާ ބަލިކުރުމަކީ އެ މީހުންނަށް ނުވާވަރުގެ ކަމެއް ވެސް ނޫނެވެ. އަނެއްކޮޅުން އުރުގުއޭގެ ވަރުގަދަ އެޓޭކިންގ ފޯސް ހުއްޓުވުމުގައި ކޮރެއާ ޑިފެންސް ކާމިޔާބީ ހޯދާފައިވުމަކީ އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ. މި މެޗުން ދާދި ހަމަހަމަ ކުޅުމެއް އަދި ހަމަހަމަ ނަތީޖާއެއް ފެނުން ވަރަށް ގާތެވެ.
ކޮރެއާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
ސުންގް-ޔޫ، މޫން-ހުވާން، މިން-ހޭ، ޔަންގް، ޖިން-ސޫ، ޖުންގ، އިން-ބޮއެމް، ނާ، ލީ، ސޮން، އުއި-ޖޯ
ގާޏާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
އެޓީ ޒިގީ، ލަމްޕްޓޭ، އަމާޓޭ، ޑީޖިކޫ، ބާބާ، ޕާޓޭ، އަބްދުލް ސަމަދް، ސުލެއިމާނާ، ކުޑޫސް، އަޔޫ، ވިލިއަމްސް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް