އަންނަ އަހަރަށް ލަފާ ކުރާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކުރީ 61 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް އަށް މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ބަޖެޓު ކޮމިޓީގައި ދިރާސާކުރުމަށް ފަހު ބަޖެޓަށް 160 މިލިޔަން ރުފިޔާ އިތުރު ކުރަން ނިންމީ އެވެ.
މިއަދުގެ ޖަލްސާގައި ބަޖެޓު ފާސްކުރީ ކޮމިޓީން ފާސްކުރި ގޮތަށެވެ. ކޮމިޓީ ރިޕޯޓަށް ބައެއް އިސްލާހު ހުށަހެޅުނު ނަމަވެސް އެ އިސްލާހުތައް ފާސްވެފައިއެއް ނުވެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުންކަމަށް ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. މިގޮތުން ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް ބަޖެޓުގައި އިސްކަންދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް