ފީފާ ވޯލްޑް ކަޕް 2022: ސާބިއާ - ކެމަރޫން މެޗު ޕްރިވިއު

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގައި ކެމަރޫން އާއި ސާބިއާ ހިމެނެނީ ގްރޫޕް ޖީގަގައެވެ. މި ދެ ޓީމު ބައްދަލު ކުރާނީ މިއަދު ރާއްޖެ ގަޑިން މެންދުރު ފަހު 3 ޖަހާއިރުއެވެ. ކެމަރޫން އަދި ސާބ...

28 Nov 2022 | 06:39

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގައި ކެމަރޫން އާއި ސާބިއާ ހިމެނެނީ ގްރޫޕް ޖީގަގައެވެ. މި ދެ ޓީމު ބައްދަލު ކުރާނީ މިއަދު ރާއްޖެ ގަޑިން މެންދުރު ފަހު 3 ޖަހާއިރުއެވެ.

ކެމަރޫން އަދި ސާބިއާ މިއަދުގެ މެޗަށް ނުކުންނައިރު، މި ދެޓީމުން ވަނީ މިހާތަނަށް ގުރޫޕް ސްޓޭޖުގައި އެއް މެޗު ކުޅެފައެވެ. އެގޮތުން ގުރޫޕުގެ ފުރަތަމަ މެޗުގައި ސްވިޒަލެންޑާއި ބައްދަލު ކުރި މެޗު 0-1 އިން ކެމަރޫން ވަނީ ބަލިވެފައެވެ. އަދި ސާބިއާއި ގުރޫޕުގެ ފުރަތަމަ މެޗުގައި ބްރެޒިލް އާއި ވާދަކޮށް ބަލިވީ 0-2 އިންނެވެ.

ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި ވީ ނަމަވެސް ގުރޫޕުގައި ނުކުޅެ އަދި ބާކީ ދެމެޗު ދެ ތީމަށް ވެސް އޮތުމުން ދެވަނަ ބުރުގެ ފުރުސަތު ހޯދުމުގެ އަމިއްލަ ބާރު ކެމަރޫނަށް ވެސް އަދި ސާބިއާ އަށް ވެސް އެބައޮތެވެ. އެހެން ކަމުން ކުރިޔަށް އޮތް ދެމެޗު ކާމިޔާބު ކޮށްގެން ދެވަނަ ބުރުގެ ފުރުސަަތު ދެ ޓީމަށް ވެސް ޔަގީން ކުރެވެނެއެވެ. އެހެން ކަމުން މިއަދުގެ މެޗު ކާމިޔާބު ވާ ޓީމަކަށް ދެވަނަ ބުރުގެ ފުރުސަތު ބޮޑުވެގެން ދާއިރު، ބަލިވާ ޓީމެއް މުބާރާތުން ވަކިވާނެ ޖެހޭނެއެވެ. އެހެން ކަމުން މިއަދު ކެމަރޫން އަދި ސާބިއާ ބައްދަލުކުރާ މެޗަކީ ފޯރިގަ ބަލާހިތްވާ ކުޅުމެއް ފެނިގެން ދާނެ މެޗަކަށް ވާނެއެވެ.

މިއަދުގެ މެޗަށް ކެމަރޫން އަދި ސާބިއާ ނުކުންނައިރު،  ދެ ޓީމުގައި ވެސް އަނިޔާގެ މާ ބޮޑު މައްސަލަތަކެއް ނެތްނަމަވެސް އަނިޔާގެ މައްސަލަ ކޮންމެވެސް ވަރަކަށް އެބަ އުޅެއެވެ. އެގޮތުން ކެމަރޫން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އަނިޔާގެ މައްސަލަ ކުރިމަތިވި މިޑްފީލްޑަރު އޮލިވިއާ ންޓްޗަމް އަށް މިއަދުގެ މެޗުގައި ވެސް ނުކުޅެވޭނެއެވެ. އަދި ސާބިއާގެ ފުރަތަމަ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ވިލަހޯވިޗް އާއި ކޮސްޓިޗް އެނބުރި އައިސް ޓީމާއި ގުޅުނު ނަމަވެސް ކޮސްޓިޗް މުޅިން ފިޓް ނުވާތީ މިރޭގެ މެޗުން ފެނިދާނެ ކަމަށް ނުބެލެވެއެވެ. ނަމަވެސް ވިލަހޯވިޗް މިރޭ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭނެކަމަށް ވަނީ ބެލެވިފައެވެ.

ކެމަރޫން އަދި ސާބިއާ މީގެ ކުރިން ބައްދަލުކޮށްފައި ހުރި ބައްދަލުވުންތަކަށް ބަލާއިރު، މީގެ ކުރިން މި ދެޓީމުން ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2010 ވަނަ އަހަރު ކުޅެވުނު ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު 3-4 އިން ކެމްރޫންގެ މައްޗަށް ކުރިހޯދީ ސާބިއާއިންނެވެ.

ދެ ޓީމުން ވެސް މިއަދުގެ މެޗަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ކެމަރޫން ޓީމް : އޮނާނާ، ފައި، ން’ކޯލޫ، ކަސްޓެލެޓޯ، ޓޮލޯ، އެންގިސާ، އޮންޑޯއާ، ހޮންގްލާ، އެމްބެއުމޯ، ޗޯޕޯ-މޮޓިންގ، ޓޯކޯ އެކަމްބީ.

ސާބިއާ ޓީމް: ވީ މިލިންކޯވިޗް-ސާވިޗް، މިލެންކޯވިޗް، ވެލްޖްކޮވިޗް، ޕަވްލޮވިޗް، ޒިވްކޮވިޗް، ގުޑެލްޖް، އެސް މިލިންކޯވިޗް-ސާވިޗް، މްލަޑެނޮވިޗް، ޓާޑިޗް، ވްލަހޯވިޗް، މިޓްރޮވިޗް.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް