އިންޑިއާގައި ކުޑަކުއްޖަކު އިންނަން ދެކޮޅު ހެދުމުން އެކުއްޖާއަށް ބިރު ދައްކައި، ކޮށާލާނެ ކަމުގެ އިންޒާރުދިން ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
މި ހާދިސާ ހިނގީ އެ ގައުމުގެ އުއްތަރް ޕްރަދޭޝްގެ ކާންޕޫރުގައި އެވެ. މި މައްސަލައިގަ ހައްޔަރު ކުރީ މުހައްމަދު ފާއިޒު ކިޔާ މީހެކެވެ.
ކާންޕޫރު ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ހުށަހެޅީ އަންހެން ކުއްޖާގެ އާއިލާއިން ކަމަށެވެ. އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ ކައިރީ ފާއިޒު އިންނަން އަހަނީ ސްކޫލަށްދާ މަގުމަތީގައި ހިފަހައްޓައިގެންނެވެ.
އަންހެން ކުއްޖާ އާއިލާއިން ބުނީ ފާއިޒުގެ އުނދަގުލާއި ހެދި ކުއްޖާއަށް ސްކޫލަށް ނުދެވޭ ކަމަށާއި މަގުމަތިން ފުރައްސާރަކޮށް ސްކޫލަށް ދިއުމަށްވެސް ހުރަސް އަޅާ ކަމަށެވެ. އެންމެ ފަހުން އަހަންފެށީ ކައިވެނި ކުރަން ކަަމަށް ބުންޏެވެ.
އެތައް ދުވަހަކު އެހުމުންވެސް ނީންނާނެ ކަމަށް ބުނުމުން އެއް ދުވަހު އެ ކުއްޖާ ހުއްޓުވުމަށް ފަހު އިންޒާރު ދިނީ ކަމަށްބުނެފައިވެ އެވެ. އަންހެން ކުއްޖާ ބުނީ ކައިވެނި ނުކޮށްފި ނަމަ އެހެން މީހަކަށް ނުލިބޭނެ ގޮތް ހެދުމަށް މަރާލުމަށް ފަހު، ކުދިކުދިކޮށް ކޮށާލާނެ ކަމަށް ބުނެ ފާއިޒު އޭނާއަށް އިންޒާރުދިން ކަމަށެވެ.
މި މައްސަލައިގަ ފުލުހުން ފާއިޒު ހައްޔަރު ކުރީ އޭނާގެ ގެއިންނެވެ. އަދި މިހާރު ދައުވާ ކުރަން ތައްޔާރުވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް