ސައުތް ކޮރެއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ހުއަން ބިން އާއި ސަން ޔެ ޖިންއަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
ޔެ ވިހެއީ އިއްޔެ އެވެ.
ދެމީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނު ކުރީ މިއަހަރުގެ ޖޫން ފަހުކޮޅު އެވެ.
މި ދެތަރިންނަކީ ނެޓްފްލިކްސްއިން ދެއްކި މަޝްހޫރު ކޮރެއާ ޑްރާމާ ސިލްސިލާ "ކްރޭޝް ލޭންޑިން އޮން ޔޫ"ގެ ލީޑް ރޯލު ކުލެފައިވާ ދެ މީހުންނެވެ. ދެމީހުން ކައިވެނި ކުރީ މިއަހަރުގެ މާޗް މަހު އެވެ.
މި ދެ މީހުންނާއި އެ ސިލްސިލާ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލުވި އެވެ.
މިކައިވެންޏަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ބޮޑު ސަމާލުކަމެއް ލިބިފައިވެ އެވެ. ދެ ތަރިން ކައިވެނި ކުރީ ހަތަރު ވަރަކަށް އަހަރު ރައްޓެވިގެން އުޅުމަށް ފަހު އެވެ.
https://www.instagram.com/p/CkyAsQnNVgx/
ރިޕޯޓުތައް ބުނާގޮތުގައި"ކްރޭޝް ލޭންޑިން އޮން ޔޫ" ކުޅެން ފެށުމުގެ ކުރިންވެސް ދެމީހުން އުޅުނީ ރައްޓެވިގެންނެވެ. އެކަމަކު ރަސްމީކޮށް ދެމީހުންގެ ގުޅުން ހާމަ ކުރީ އެ ސީރީޒްގެ ފުރަތަމަ ސީޒަން ނިމުނު ފަހުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އެ އަހަރު ނެޓްފްލިކްސް އިން އެ ޑްރާމާ ގެނެސްދިނުމާ އެކު އެ ދެ ތަރިން ވެފައި ވަނީ އޮން-ސްކްރީންގައި ވެސް އެންމެ ލޯބި ޖޯޑަށެވެ.
ދަރިއަކު ލިބުނުކަން އިއުލާނު ކުރުމުން ދެމީހުންގެ އެތައް މިލިއަން ސަޕޯޓަރުން ދަނީ މަރުހަބާ ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް