ވިނަރެސް ލިސްޓުގައި ހިޔާއާ ސީލައިފާއި ގުޅިފަޅުން ފްލެޓް ލިބުނު މީހުން ނުހިމެނޭނެ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓުތައް ލިބުނު މީހުންގެ ވަގުތީ ލިސްޓުގައި ގުޅީފަޅާއި، ހިޔާ ފްލެޓު ދޫކޮށްލި މީހުން އަދި ސީލައިފުން ފްލެޓު ގަތް މީހުން ނުހިމެނޭނެ ކަމަށް ހައު...

28 Nov 2022 | 03:37

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓުތައް ލިބުނު މީހުންގެ ވަގުތީ ލިސްޓުގައި ގުޅީފަޅާއި، ހިޔާ ފްލެޓު ދޫކޮށްލި މީހުން އަދި ސީލައިފުން ފްލެޓު ގަތް މީހުން ނުހިމެނޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ވިނަރެސް ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ވިނަރެސްގެ 1،344 އެޕާޓްމެންޓަށް ކުރިމަތިލާފައިވަނީ1،413 މީހުންނެވެ. އެޗްޑީސީން އިއްޔެ އާންމުކުރި ވަަގުތީ ލިސްޓުގައި ވާގޮތުން އޭގެ ތެރެއިން ޝަރުތު ހަމަވަނީ723 މީހުންނެވެ.

އެޗްޑީސީން ބުނީ އެ އެންމެންނަކީ ޝަރުތުހަމަވާ މީހުން ކަމަށް ކަނޑައެޅީ ޕްލޭނިން މިނިސްޓްރީން ކަނޑައަޅާފައިވާ ޕޮއިންޓް ސިސްޓަމަށް ބަލައިގެން ކަމަށެވެ. އަދި ލިސްޓު އެކުލަވާލީ އެ މިނިސްޓްރީން ކަމަށެވެ.

މި ލިސްޓުގައި ހިޔާ ފުލެޓުތަކުން ފުލެޓު ދޫކޮށްލި ފަރާތްތަކަށާއި ގުޅީފަޅުންނާއި އަދި ސީލައިފް އިން ފުލެޓު ގަނެފައިވާ ފަރާތްތަކަށް, ވިނަރެސް މަޝްރޫއިން ފުލެޓު ދޭން ނިންމި އެއްވެސް ފަރާތެއްގެ ނަމެއް މި ލިސްޓުގައި ނުހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ ހިޔާފްލެޓު ދޫކޮށްލި މީހުންނަށް ވިނަރެސްއަށް ކުރިމަތުލުމަށް ކުރިން ހުޅުވާލި ކަމަށެވެ. އަދި ގުޅީފަޅުން ނާއި ސީލައިފް ޕްރޮޖެކްޓުން ފުލެޓު ގަނެފައިވާ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލުގައި ވިނަރެސް މަޝްރޫއިން ފުލެޓު ހިޔާރުކުރުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ.

އެ ފުރުސަތުތަކުގައި ފްލެޓު ލިބުނު މީހުން އިއްޔެ އާންމު ކުރި ލިސްޓުގައި ނުހިމެނޭނެ ކަަމަށް ބުންޏެވެ.

އިއްޔެ އާންމު ކުރި ލިސްޓުގައި ހިމެނެނީ މާލޭގައި ދިރިއުޅޭތާ15 އަހަރުވެފައިވާ މީހުންނާއި މާލޭގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މީހުންނެވެ. މިފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން ލިސްޓުގައި ނުހިމެނޭ މީހުން ޝަކުވާ ހުށަހެޅުމަށް އިއްޔެއިން ފެށިގެނ ތިން ދުވަސް ވަނީ ދީފައި އެވެ.

އެޗްޑީސީން ފޯމުލީ ގިނަ މީހުން ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވަނީ  ލިޔެކިޔުންތައް ހަމަނުވުން ކަމަށެވެ.

އެޗްޑީސީން ބުނީ ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މާލީ ގާބިލުކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ ފަރާތްތަކާއި ގުޅައިގެން އެޗްޑީސީން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ކޯ އެޕްލިކަންޓްސްގެ ގޮތުގައި ފޯމު ހުށަހަލާފައިވާ ފަރާތްތަކަށް ކުރިޔަށް ދެވޭނީ އެންމެ ފޯމެއްގައި ކަަމަށް ބުނެފައިވެ އެވެ.

އެޗްޑީސީން ވަނީ ފްލެޓާއި ގުޅޭ އެއްވެސް މައުލޫމާތެއް އެސްއެމްއެސް މެދުވެރިކޮށް ނުދޭނެ ކަން ހަނދާން ކުރުމަށް އިލްތިމާސްކޮށްފައި އެވެ. އެޗްޑީސީން ބުނީ ވިނަރެސް ފްލެޓުތަކާއި ގުޅޭގޮތުން އެ ކުންފުނިން ގުޅާނީ3353535 ނަމްބަރުން ކަމަށާއި އީމެއިލް ކުރާނީ [email protected] އިން ކަމަށް ބުނެފައި އެވެ.

ވިނަރެސް ފްލެޓުތަކުގެ އަގު އުޅެނީ2.5 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް