ޔޫއޭއީގައި ކުޑަކުއްޖަކު ރޭޕްކޮށް މަރާލި މީހަކު މަރަން ހުކުމް ކޮށްފި

އެކުވެރި އަރަބި އިމާރާތުގައި ކުޑަކުއްޖަކު ރޭޕްކޮށް މަރާލި މީހަކު ދަންޖައްސައި މަރަން ހުކުމް ކޮށްފި އެވެ. އުމުރުން 11 އަހަރުގެ އަޒާން މާޖިދު ޖަންޖުއާ ނަމަކަށްކިޔާ ކުޑަކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ތު...

27 Nov 2017 | 23:07

އެކުވެރި އަރަބި އިމާރާތުގައި ކުޑަކުއްޖަކު ރޭޕްކޮށް މަރާލި މީހަކު ދަންޖައްސައި މަރަން ހުކުމް ކޮށްފި އެވެ.

އުމުރުން 11 އަހަރުގެ އަޒާން މާޖިދު ޖަންޖުއާ ނަމަކަށްކިޔާ ކުޑަކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުގައި މަރަން ހުކުމް ކޮށްފައިވަނީ އޭނާގެ ދެބެންދެދަރި ބޭބެއެކެވެ.

އެ ކުއްޖާ ރޭޕް ކުރުމަށްފަހު މަރާލައި އެއްލާލާފައި އޮތީ އެ ކުއްޖާގެ އާއިލާ ދިރިއުޅުނު ގޭގެ ފުރާޅު މައްޗަށެވެ. މަރާލުމަށްފަހު އެއްލާލި މަންޒަރު ސީސީޓީވީ ކެމެރާއަކަށް ރިކޯޑު ކުރެވިފައިވާއިރު އޭރު ގާތިލު ހުރީ މޫނު ބުރުގާ އަޅައިގެންނެވެ.

ގާތިލު މަރަން ހުކުމް ކުރި އިރު އެކުއްޖާގެ މަރުގެ ދިޔަ ދިނުމަށްވެސް ގާތިލުގެ މައްޗަށް އަމުރު ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް