ޝާހްރުކްގެ 'ކިންގް' ޑިސެމްބަރުގައި، ދަރިފުޅު ސުހާނާވެސް ފެންނާނެ!

28 Oct 2026 | 01:47
ކިންގްގެ ޕޯސްޓަރު --

ކިންގްގެ ޕޯސްޓަރު --

ބޮލީވުޑްގެ ކުރިޔަށް ހުރި ޥަރުގަދަ ފިލްތް ތަކުގެ ތެރޭގައި ހިމެނޭ 'ކިންގް' ރިލީޒް ކުރާ ތާރީހާއި އެކު އާޕޯސްޓަރެއް ނެރެފި އެވެ.

ސޯޝަލް މީޑިއާގައި ފިލްމްގެ ޢާޕޯޓަރު ޙިއްސާ ކުރީ ފިލްމުގެ ލީޑްރޯލު ކުޅޭ ޝާހްެރުކް ހާންގެ އަންހެނުން ގޯރީ ހާންއެވެ.. ޕޯސްޓަރާއި ޢެކު ލިޔެފައިވަނީ މިއަހަރުގެ ޑިސެމްބަރު 24 ގައި ރިލީޒް ކުރާ ވާހަކަ ޢާއި ކިންގް އަކީ ގާތިލެއް ނޫން އާޝިގެއް ކަމަށެވެ.

ޝާހްރުކްގެ ޕޯސްޓަރާއި އެކު ގިނަ ބައެއްގެ އިންތިޒާރުގެ ނިމުން އަންނައިރު އޭނާގެ ފިލްމުތައް ދެން ފެންނާނީ މަދުވެގެން ދެ އަހަރުގެ މުއްދަތަކަށް ފަހު ކަމަށް ބުންޏެވެ. އެއީ ޒަމާނަށް އައި ބަދަލާއި އެކު މީހުންގެ ކަމުދިޔުން ބަދަލުވަމުން ދާއިރު އާންމުން ބަލައިގަންނާނެ އުފެއްދުމެއް ތައްޔާރު ކުރަން ވަގުތު ޙޭދަވާތީ ކަމަށް ބުންޏެވެ.

ޝާހްރުކްގެ މި ފިލްމު ޙާއްސަވާ އިތުރު ސަބަބަކީ ދަރިފުޅު ސުހާނާ ޙާން ފިލްމުން ފެނިގެން ދާނެތީ ޢެވެ. ސުހާނާގެ ރޯލާއި ގުޅޭ މާބޮޑު ތަފްސީލް އަދި ހާމަ ނުކުރާއިރު ދެން ފެނިގެންދާ ތަރިންގެ ތެރޭގައި ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން އަދި ރާނީ މުކަރުޖީ ހިމެނެ އެވެ.

މި ފިލްމްގައި ޝާހްރުކް ފެނިގެންދާނީ ވިލެންއެއްގެ ރޯލުންވިޔަސް ލޯތްބާއި މަޖަލާއި ޢުފާވެރިކަމުގެ ބައިތައް އޭނާގެ ރޯލުން ފެންނާނެ ކަމަށް ބުނެ އެވެ.

ފިލްމު 'ކިންގް' ގެ ޑައިރެކްޓަރަކީ ސިދާތް އަނަންދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް