ކުމުންދޫ ކަރާ ދަނޑުތަކަށް މި މަހު އެކަނި ގެއްލުން އެދިނީ ތިންވަނަ ފަހަރު – އަންހެން ދަނޑުވެރިއަކު އާދޭހާއެކު އެދުނީ ހައްލަކަށް !

މިއަދު ދުވަސް ނިއުސް ރޫމަށް ފޯނު ކޯލެއް ލިބުނެވެ. ފުރަތަމަ "ހަލޯ ކޮންތަނެއް؟" ހޭ އެހުމުން، ދުވަސް ނިއުސް ރޫމޭ ބުނުމުން އެކޮޅުން ވާހަކަ ދައްކާން ފެށިތަނުން ކުޑަކުއްޖަކު ރުއިން ގަދަވާތީ ވާހަކަ ކުރިއަށްދ...

28 Oct 2025 | 12:04
ރޭގައި ދަނޑަށް ދީފައިވާ ގެއްލުން ފެންނަ ބައެއް މަންޒަރު -

ރޭގައި ދަނޑަށް ދީފައިވާ ގެއްލުން ފެންނަ ބައެއް މަންޒަރު -

މިއަދު ދުވަސް ނިއުސް ރޫމަށް ފޯނު ކޯލެއް ލިބުނެވެ.

ފުރަތަމަ "ހަލޯ ކޮންތަނެއް؟" ހޭ އެހުމުން، ދުވަސް ނިއުސް ރޫމޭ ބުނުމުން އެކޮޅުން

ވާހަކަ ދައްކާން ފެށިތަނުން ކުޑަކުއްޖަކު ރުއިން ގަދަވާތީ ވާހަކަ ކުރިއަށްދާގޮތެއް

ނުވިއެވެ.

އިރުކޮޅެއް ފަހުން އަނެއްކާވެސް އެ ނަމްބަރުން ކޯލު

ލިބުނެވެ. ފުރަތަމަވެސް އާދޭހާއެކު އެދުނީ ހައްލެއް ހޯދައިނުމަށް

މަސައްކަތްކޮށްދިނުމަށެވެ.

އާދެ، އެއީ ހދ. ކުމުންދޫ އަންހެން ދަނޑުވެރިއެއްގެ

ފޯނު ކޯލެކެވެ. އަސަރާއެކު އެ ދަނޑުވެރިޔާ ދުވަހުގެ ނިއުސް ރޫމަށް ހިއްސާކުރީ

ރޭގައިވެސް އޭނާގެ ކަރާ ދަނޑަށް ގެއްލުންދީ ކަރާތައް ހަލާކުކޮށްލައި ބޭސްފުޅިތަކަށް

ދާންދެން އުކާލައި ގެއްލުންދީފައިވާ ކަމުގެ ކަންބޮޑުވުމެވެ.

"ފުރަތަމަ މި ގެއްލުންދިނީ 2022 ވަނަ އަހަރު

ރަމަޟާން މަހަކު، އެދުވަހުން ފެށިގެން އަޅުގަނޑުމެން ދަނޑަށް މި ގެއްލުން ދެމުން

މިދަނީ މިފަހަރުވެސް އަޅުގަނޑުމެން ދަނޑުގަ އޮތް ކަރާތައް ތިން ބުރުމަތިންވެސް

ހަލާކު އެކުރީ، ތިންވަނަ ބުރު އެ ކުރީ" އޭނާ އެ ހާމަކުރީ ހަމަ އެކަނި މި

ހިނގާ އޮކްޓޯބަރު މަހުގައި ތިން ބުރެއްގެ މަތިން ކަރާ ދަނޑުތަކަށް ގެއްލުންދިން

ވާހަކައެވެ.

އެއީ މި މަހުގެ ތިންވަނަ ދުވަހާއި 19 ވަނަ ދުވަހާއި

މިއަދެވެ.

ދުވަހަށް ގުޅި އަންހެން ދަނޑުވެރިޔާ ބުނީ މިފަހަރު

ފުލުހުންގެ "ޚާއްޞަ" މީހަކު ހދ. ކުޅުދުއްފުށިން އައިސް ފިންގަރޕްރިންޓް

ނަގަން ދަނޑު ބަންދުކޮށްފައިވުމުން ހައްލެއް ލިބިދާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުންމީދެއްވެސް

ކުރާ ކަމަށެވެ.

ނަމަވެސް ރޭގައިވެސް ދަނޑަށް ގެއްލުންދިންއިރު

މާލެއިން އަގުބޮޑުކޮށް ގަނެފައިހުރި ބޭސްފުޅިތައްވެސް އުކާލާފައި ހުރުމުން އެ ވާހަކަތައް

އެ ދަނޑުވެރިޔާ ދުވަހާ ހިއްސާކުރީ އަސަރާއެކުގައެވެ.

"ބޮޑެތި ބޭސްފުޅި، 600 ރުފިޔާއަށް އޭގެން

ބޭސްފުޅިއެއް، ކަނޑާލާފަ އޮއްސާލާފަ ފުޅިގަނޑު ދަނޑުތެރެއަށް އެއްލާލާފަ"

ދުވަހަށް ކިޔާދެމުން އެ ދަނޑުވެރިޔާ ބުންޏެވެ.

އެ ދަނޑުވެރިޔާ ބޭނުންވަނީ އެކަމަށް ހައްލެއް

ލިބުމެވެ.

ދުވަހަށް މަޢުލޫމާތުދެމުން ކައުންސިލް މެންބަރު

އަލީ ގާސިމް ވިދާޅުވީ ރޭގައިވެސް ދަނޑުތަކަށް ވަދެ ގެއްލުންދީފައިވާކަމަށާއި ފުލުހުން

އައިސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"19 ވަނަ ދުވަހު ގެއްލުންދިނީ ތިން ދަނޑަކަށް

މިއަދު ގެއްލުންދީފައި އެހުރީ ދެ ދަނޑަކަށް" ކައުންސިލް މެންބަރު

ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް