މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑު މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވައި ރައީސް މުޢިއްޒު ތާރީހީ ރެކޯޑެއް ހައްދަވައިފި

ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޒިޔާރަތްކުރައްވައި ރާއްޖޭގެ...

28 Oct 2025 | 10:36
ރައީސް ޅ. ނައިފަރުގައި - ފޮޓޯ: ރައީސް އޮފީސް

ރައީސް ޅ. ނައިފަރުގައި - ފޮޓޯ: ރައީސް އޮފީސް

ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ

ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީޚީ

ކާމިޔާބީއެއް ޙާޞިލުކުރައްވައިފިކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިއަދު ބުނެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ

ހުރިހާ ރަށަކަށް، އެންމެ 1 އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި،

ރައީސުލްޖުމްހޫރިއްޔާ މި ތާރީޚީ ކާމިޔާބު ޙާޞިލުކުރައްވާފައި މިވަނީ، ފާދިއްޕޮޅުގައި

މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެއަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ

ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު

ވަޑައިގަތުމާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކ.

ތުލުސްދޫއަށް މިއަދު ކުރެއްވި ޒިޔާރަތާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި

ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި

މިވަނީ ވަޑައިގެންފައެވެ. މި މުއްދަތުގައި އެމަނިކުފާނު ވަނީ 63 ރަށަކަށް 2 ވަނަ ފަހަރަށްވެސް

ޒިޔާރަތްކުރައްވާފައެވެ.

ދިވެހި ރިޔާސީ ތާރީޚުގައި، ޤައުމުގެ އެންމެ މަތީ ވެރިޔާގެ

ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު

ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންނެވެ. އޭރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ

މަޤާމުގައި ހުންނެވި އަލްއުސްތާޛު މައްމޫން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ މީހުން

ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވީ 5 އަހަރު ދުވަހުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު،

އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ،

މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ

ސާފު ހެއްކެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ

ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި،

ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން

މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ

ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި

ވާހަކަތައް އަޑުއެއްސެވިއެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ

މައްޗަށް އެކުލެވޭ ވަފުދުތައް، މި ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި

ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުތަކުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ

އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ސަބަބުން،

މީގެ ކުރިން ރަށްރަށުން މާލެއަށް ދަތުރުކޮށް، އެކި ވުޒާރާތަކާ ވަކިވަކީން ބައްދަލުކުރައްވައިގެން

ދިގުލާ މަޝްވަރާތަކާއި، އެކި މަރުޙަލާތަކުގައި ޖަވާބު ނުލިބިވާ ސިޓީތަކަށް ޖަވާބު ހޯއްދެވުމުގެ

ބަދަލުގައި، ސީދާ ރައީސުލްޖުމްހޫރިއްޔާއާއެކު އެއްމޭޒެއްގެދޮށުގައި މަޝްވަރާތައް ކުރިއަށް

ގެންދެވުމުގެ ފުރުޞަތު ފަހިވެ، ތަރައްޤީގެ ދުވެލި ހަލުވިވެ، ރައްޔިތުންގެ ހުވަފެންތަކުގައި

ޙަޤީޤީ ކުލަޖެހިގެންދާކަން ފާހަގަކުރެވެއެވެ.

ޢިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދެއްވައި، ސުލްޙަވެރި،

އަމާން ވެއްޓެއް ކަށަވަރުކޮށްދެއްވުމަށްޓަކައި އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަށް

ވަކިވަކި ރަށްރަށަށް ޚާއްޞަ މަޝްރޫޢުތައް ތަޢާރަފުކޮށްދެއްވާފައިވެއެވެ. އެގޮތުން،

މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ލިބޭނެކަން

ކަށަވަރުކޮށްދެއްވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް

ބަހައްޓާ މިމަހު ނިމޭނެއެވެ. އަދުގެ ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް

ވަރަކަށް ނެތް 66 ރަށް އޮތެވެ. ނަމަވެސް، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބޭ ފުލުހުންގެ ޚިދުމަތް ދެވެން

ފެށީވެސް މި ދަތުރުފުޅުތަކުގެ ތެރެއިންނެވެ.

ހަމަ މިފަދައިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު

މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި

ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ޚިދުމަތް

ޤާއިމުކޮށް އެޚިދުމަތްތައް ފޯރުކޮށްދެއްވަން ފެއްޓެވީވެސް ރައީސުލްޖުމްހޫރިއްޔާގެ މި

ދަތުރުފުޅުތަކުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި، ރަށްރަށަށް

އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ

އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކާ

ގުޅުންހުރި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ.

އެގޮތުން، އެމަނިކުފާނުގެ މި ދަތުރުފުޅުތަކުގެ ތެރެއިން،

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ޞިއްޙަތާއި، ހަށިހެޔޮކަމާއި

ގުޅުންހުރި ބައެއް މަސައްކަތްތަކާއި، މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ

ފައްޓަވާފައެވެ. ވަކީން ޚާއްޞަކޮށް، އިޖުތިމާޢީ ފުދުންތެރިކަން ކަށަވަރުކޮށްދެއްވުމަށް

މުހިންމު ނިންމެވުންތަކެއް ނިންމަވައި، އުންމީދީ ޚަބަރުތަކެއްވެސް ދެއްވިއެވެ.

ދަތުރުފުޅުތަކުގެ ތެރެއިން ވަގުތު ލިބިވަޑައިގެންނެވި

މިންވަރަކުން، ރަށު ކައުންސިލް އިމާރާތްތަކާއި، ސްކޫލު މަދަރުސާތަކާއި، މިސްކިތްތަކާއި،

ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ކުޅިވަރު

ކުޅޭ ތަންތަނާއި، އިންޖީނުގެ ފަދަ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވާ

ތަންތަން ހުރި ހާލަތު ބައްލަވައިލެއްވުމަށް، ޚުދު އެމަނިކުފާނު އެތަންތަނަށް ޒިޔާރަތްކުރެއްވިއެވެ.

އެތަންތަނުގެ މުވައްޒަފުންނާއި، ޚިދުމަތް ހޯއްދަވާ ރައްޔިތުންނާވެސް ބައްދަލުކުރައްވާ،

ޚިޔާލު ބަދަލުކުރައްވައި ހެއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކަކީ ލާމަރުކަޒީ

އުޞޫލުން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ބައިވެރިވާ އަދި މަންފާ ލިބޭ ރަށަކަށް

ރާއްޖޭގެ ކޮންމެ ރަށެއް ހެއްދުމެވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ފާޅުކަންބޮޑު

ރަމްޒެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް