ބޭންކް އޮފް މޯލްޑިވްސް އިން ހަ ރަށަކަށް 300 ބައިސްކަލް ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަ ރަށެއްގައި ދިރިއުޅޭ 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް 300 ބައިސިކަލު ހަދިޔާކޮށްފިއެވެ. މި ބައިސިކަލުތައް ބެހުމުގެ މަސައްކަތް ކޮށްފައިވަނީ ހަ ޖަމިއްޔ...

28 Oct 2024 | 16:45

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަ ރަށެއްގައި ދިރިއުޅޭ 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް 300 ބައިސިކަލު ހަދިޔާކޮށްފިއެވެ.

މި ބައިސިކަލުތައް ބެހުމުގެ މަސައްކަތް ކޮށްފައިވަނީ ހަ ޖަމިއްޔާއެއް މެދުވެރިކޮށެވެ.

ބައިސިކަލު ހަދިޔާކުރި ރަށްތަކާއި އެ ޕްރޮގްރާމް ހިންގުމުގައި ބައިވެރިވި ޖަމިއްޔާތައް:

  • ދިއްދޫ ކުރިމަގު، ހއ. ދިއްދޫ
  • ވެސްޓް ވިންގްސް، ބ. އޭދަފުށި
  • ނިއު ސްޓާރ ސްޕޯރޓްސް ކްލަބް، ކ. މާފުށި
  • ޗެސްޓަރ، ނ. މަނަދޫ
  • ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް، މ. މުލައް
  • ސޭވް ދަ ބީޗް، ވިލިމާލެ

ބީއެމްއެލްއިން ބުނެފައިވަނީ މިއީ ޒުވާނުން މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އާދަކުރުވުމާއި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް ހިތްވަރުދިނުމަށް ބޭންކުން ހިންގި ޕްރޮގްރާމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް