ސެޕްޓެމްބަރު މަހު މާލެ ސަރަހައްދުގައި 98 ވަރި

ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެމިލީ ކޯޓުން 98 ވަރި ކޮށްދީފައިވާކަމުގައި އެ ކޯޓުން ބުނެފިއެވެ. އެ ކޯޓުން މިކަން ހާމަކޮށްފައިވަނީ އެ ކޯޓުން ރޭގައި ހާމަކުރި، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުގ...

28 Oct 2024 | 05:24

ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެމިލީ ކޯޓުން 98 ވަރި ކޮށްދީފައިވާކަމުގައި އެ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިކަން ހާމަކޮށްފައިވަނީ އެ ކޯޓުން ރޭގައި ހާމަކުރި، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުގައެވެ.

އެގޮތުން ނިމިދިޔަ ސެޕްޓެމްބަރު މަހު އެ ކޯޓުގައި 194 ކައިވެނިކޮށްދީފައިވާއިރު ހަމަ އެ މަހުގެ ތެރޭގައި 98 ވަރިކޮށްދީފައިވާކަމަށެވެ.

އެ އަދަދުތަކުގެ އިތުރުން އިތުރު ބައެއް އަދަދުތަކަށް ބަލައިލާއިރު ސެޕްޓެމްބަރު މަހު އާއިލީ އެހެނިހެން 19 މައްސަލަ، ގެވެށި އަނިޔާގެ 11 މައްސަލަ، ހަރަދުގެ 19 މައްސަލަ، ކުދިންނާއި ގުޅުންހުރި 11 މައްސަލަ އަދި ވަރީގެ 138 މައްސަލަ ނިންމާފައިވާކަމަށް ބުނެފައިވެއެވެ. އަދި އާއިލީ އެހެނިހެން 37 މައްސަލަ، ގެވެށި އަނިޔާއާ ގުޅޭ 13 މައްސަލަ، ހަރަދުގެ 14 މައްސަލަ، ކުދިންނާ ގުޅުންހުރި 51 މައްސަލަ އަދި ހަމަ އެހެންމެ ވަރީގެ 145 މައްސަލަ ނުނިމި ހުރިކަންވެސް އެ ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް