ގެދޮރުވެރިޔާ ފްލެޓް ލިބޭ ލިސްޓް އިއުލާނުކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.
އެގޮތުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 15 ނޮވެމްބަރ 2023 ގައި އިއުލާނުކުރި ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާންމު ފަރާތްތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު "ހައުސިންގ އެޑްވައިޒަރީ ކޮމިޓީ" އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި "ހައުސިން ކޮންސަލްޓެޓިވް ކޮމިޓީ" އިންވެސް ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންނަކަމަށެވެ.
"މި ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތައް ރީ-އިވެލުއޭޓްކުރުމުގެ މަސައްކަތް މި މނިސްޓްރީން ވަނީ ފަށާފައެވެ. މި މަސައްކަތްތައް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާތީ، މި އަހަރުގެ ނޮވެމްބަރ މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓް އާންމު ކުރުމުގެ މަސައްކަތްތައް މިނިސްޓްރީއިން ކުރަމުންދާނެ" މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން އަނެއްކާވެސް ތާރީހު ފަސްކޮށްފައިވާއިރު މި މަހުގެ 12 ވަނަ ދުވަހު އެ މިނިސްޓްރީން ބުނެފައިވަނީ މި މަހުގެ ނިޔަލަށް ލިސްޓް އާންމު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް