ޑާކާ، ބަންގްލަދޭޝް (އޮކްޓޯބަރ 28) - ބަންގްލަދޭޝް "ޑިޖިޓަލް ބަންގްލަދޭޝް" އަކަށް ބަދަލުކުރުމަށް ބޮޑުވަޒީރު ޝެއިހް ހަސީނާ ގެންގުޅުއްވާ ތަސައްވުރުގެ ސަބަބުން މުޅި ގައުމުގައި ޓެކްނޮލޮޖީގެ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.
ހަސީނާގެ އިސްނެންގެވުމުގެ ދަށުން ބަންގްލަދޭޝްއިން ވަނީ އީ-ގަވަނަންސް ޕްލެޓްފޯމްތައް ތަންފީޒުކުރުމާއި ބްރޯޑްބޭންޑް އިންފްރާސްޓްރަކްޗާ ފުޅާކުރުމާއި ޑިޖިޓަލް ލިޓްރަސީ އިތުރުކުރުމާއި ޑިޖިޓަލް ޕޭމަންޓާއި އީ-ކޮމާސް ކުރިއެރުވުމާއި ޓެކް އެންޓްރަޕްރެނަރަޝިޕް އަދި އިނޮވޭޝަނަށް ހިތްވަރު ދިނުން ފަދަ ކަންކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
އޮންލައިން ސަރުކާރުގެ ޚިދުމަތްތަކާއި، ހުނަރުދަސްކުރުމުގެ ޕްރޮގްރާމްތަކާއި، ސްޓާޓްއަޕްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިރާސާތައް ކުރުން ފަދަ މުހިންމު މަސައްކަތްތަކުގެ ސަބަބުން، 2008 ވަނަ އަހަރު ހަސީނާ އެންމެ ފުރަތަމަ ބަޔާންކުރެއްވި ޑިޖިޓަލް ބަންގްލަދޭޝް ގެ ތަޞައްވުރު ފުއްދުމާ ގާތްވެއްޖެއެވެ.
ތަޖުރިބާކާރުން ބުނަނީ ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކުގެ ސަބަބުން ދެފުށް ފެންނަ، އެފިޝަންސީ، އިގްތިސާދީ ކުރިއެރުމާއި އާންމުންނަށް ހިދުމަތްތަކާއި ފުރުސަތުތައް ލިބުން އިތުރުވެފައިވާ ކަމަށެވެ. ރައްޔިތުންނަށް މިހާރު ސަރުކާރުގެ ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނީ އޮބްރޯކްރަޓިކް ޕްރޮސެސްތަކުގެ ބަދަލުގައި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.
ކަނެކްޓިވިޓީ އާއި ޑިޖިޓަލް އެކްސެސް ފުޅާކުރުމަށް ސަމާލުކަން ދީގެން، ދުރު ރަށްރަށުގެ މުޖުތަމައުތަކަށް ވެސް މިހާރު ޓެކްނޮލޮޖީގެ އެއްބައިވަންތަކަމުގެ ފައިދާ ދަނީ ލިބެމުންނެވެ. ހާއްސަކޮށް އާ ޑިޖިޓަލް އިގްތިސާދާއި އެކަމުގެ ސަބަބުން ލިބޭ ވަޒީފާގެ ފުރުސަތުތައް ޒުވާނުން ދަނީ ހިފަހައްޓަމުންނެވެ.
ޓެކްނޮލޮޖީގެ ބޭނުން ހިފުމުން ތަރައްގީ ހަލުވިވެ ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތް ހަސީނާ ގަބޫލުކުރައްވަ އެވެ. އެކި ދާއިރާތަކުން ޑިޖިޓަލައިޒޭޝަން ގެނައުމަށް އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން 21 ވަނަ ގަރުނުގައި ބަންގްލަދޭޝް އަށް ކުރިއެރުން ލިބުނެވެ.
ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އަދި އެންމެން ބައިވެރިވާ މުޖުތަމަޢެއް ކެތްތެރިކަމާއެކު ކުރިއެރުވުމުގައި ބޮޑުވަޒީރުގެ ކުރިމަގުގެ ލީޑަރޝިޕަށް ތަޖުރިބާކާރުން ތައުރީފު ކުރެއެވެ. ބަންގްލަދޭޝްއަކީ އިނޮވޭޝަންގެ ރޮނގުން ކުރިއެރުންތައް ހޯދަމުން އަންނަ ގައުމެއް ކަމަށާއި، އެ ގައުމަކީ މި ސަރަހައްދުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ އިންސްޕިރޭޝަނެއްގެ ގޮތުގަ ގިނަބަޔަކު ދެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް