އިޒްރޭލުން ހަމަބުއްދިއަށް ރުޖޫއަވުމަށް އުރުދުޣާން ގޮވާލައްވައިފި

އިޒްރޭލުން ވަނީ ހަނގުރާމައިގާ ހަމަބުއްދި ފިލާ ގޮސްފައި ކަމަށް ވިދާޅުވެ ހަމަ ބުއްދިއަށް ރުޖޫއަ ވުމަށް ތުރުކީގެ ރައީސް ރަޖްބު ތައްޔިބު އެރުދުޣާން ގޮވާލައްވައިފިއެވެ. އެރުދުޣާން މިކަމަށް ގޮވައިލެއްވީ މިއ...

28 Oct 2023 | 10:07

އިޒްރޭލުން ވަނީ ހަނގުރާމައިގާ ހަމަބުއްދި ފިލާ ގޮސްފައި ކަމަށް ވިދާޅުވެ ހަމަ ބުއްދިއަށް ރުޖޫއަ ވުމަށް ތުރުކީގެ ރައީސް ރަޖްބު ތައްޔިބު އެރުދުޣާން ގޮވާލައްވައިފިއެވެ.

އެރުދުޣާން މިކަމަށް ގޮވައިލެއްވީ މިއަދު އެކްސް (ކުރިން ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެރުދުޣާން ވިދާޅުވެފައިވަނީ ރޭގައި އިޒްރޭލުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު ކުށެއްނެތް ކުޑަކުދިންނާއި އަންހެނުންނާއި އާއްމު ރައްޔިތުންނަށް ދެމުންއަންނަ ހަމަލާތަކުގެ ސަބަބުން އިންސާނީ ކާރިސީ ހާލަތު އިތުރަށް ގޯސްވަމުން އަންނަ ކަމަށެވެ.

"އިޒްރޭލު ހަމަ ބުއްދިއަށް ރުޖޫއަވެ ހަމަލާތައް ވަގުތުން ހުއްޓާލަންޖެހޭ" އެރުދުޣާން ވިދާޅުވެފައިވެއެވެ.

އެރުދުޣާންގެ އެ ޕޯސްޓްގައި، މިއަދު އެ ގައުމުގެ އިސްތާންބުލް އަތާތުރްކް އެއާޕޯޓް ސަރަހައްދުގައި ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ބާއްވާ ބޮޑު އެއްވުމަށް ރައްޔިތުން އެއްވުމަށް ދައުވަތު އަރުވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް