މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ. މެޓުން ހުދު ސަމާލު ނެރެފައި ވަނީ ވ އަތޮޅުން ފެށިގެން ތ އަތޮޅުގެ ނިޔަލަށެވ...

28 Oct 2023 | 09:14

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައި ވަނީ ވ އަތޮޅުން ފެށިގެން ތ އަތޮޅުގެ ނިޔަލަށެވެ.

މެޓުން ބުނީ، މިއަދު އިރުއޮއްސި 6:00އާ ހަމަޔަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެންމެ ފަހުން މެޓުން ހުދު ސަމާލު ނެރެފައި ވަނީ އިއްޔެ އެވެ. އިއްޔެ ހުދު ސަމާލު ނެރެފައި ވަނީ އދ އަތޮޅުން ފެށިގެން އައްޑޫސިޓީއާ ދެމެދަށެވެ. އިއްޔެ އެ ސަރަަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް