ލުބުނާނުގައި ތިބި އެމެރިކާގެ ރައްޔިތުން އެ ގައުމު ދޫކޮށް ދިއުމަށް ލުބުނާނުގައި ހުންނަ އެމެރިކާގެ އެމްބަސީން އަންގައިފިއެވެ.
އެ އެމްބަސީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިވަގުތު ކޮމާޝަލް ފްލައިޓްތައް އެބަހުރި ކަމަށާއި އެ ގައުމުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމު ދޫކޮށް ދާން އެދޭ ކަމަށެވެ.
"އެންމެ ބުއްދިވެރިގޮތަކީ މަސްރަހު އިތުރަށް ހޫނު ވުމުގެ ކުރިއަށް ލުބުނާނު ދޫކޮށް ދިއުން، ކާރިސީ ހާލަކަށް ދިޔުމަށްފަހު އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރަށްވެސް އުނދަގޫވާނެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
ލުބުނާނުގައި ހުރި އެމެރިކާގެ އެމްބަސީން މިހެން ބުނެފައިވާއިރު ލުބުނާނު ފަޅިން ހިޒްބުﷲ ހަނގުރާމަވެރިންނާއި އިޒްރޭލާއިދެމެދު ބަދަލުކުރެވޭ ހަމަލާތައް އަންނަނީ އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް