އިޒްރޭލުން މިރޭ ޣައްޒާއަށް ހަމަލާތައް ވަރުގަދަކޮށްފައިވާއިރު އދ ގެ ޖެނެރަލް އެސެމްބްލީގައި މި މަސްރަހާއި ގުޅޭ ބޮޑު، މުހިންމު ދެ ވޯޓެއް ނެގުމަށް އެ ދަނީ ތައްޔާރުވަމުންނެވެ.
އެ ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ އަރަބި ގައުމުތަކުން ގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެ ހުށަހެޅުމުގައި އެދިފައިވަނީ އިންސާނީ އެހީއަށް ފުރުސަތު ދީ ވަގުތުން ހަނގުރާމަ މެދުކަނޑާލުމަށެވެ.
އަނެއް ހުށަހެޅުމަކީ އެމެރިކާގެ އެއްބާރުލުމާއެކު ކެނެޑާއިން ހުށަހަޅާ ހުށަހެޅުމެކެވެ. އެ ހުށަހެޅުމުގައި އޮތީ ހަމާސް އިން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ބަޔަކު ގެންގޮސްފައިވާތީ އެކަން ކުށްވެރި ކުރުމެވެ.
މި ދެ ވޯޓަށް ތައްޔާރުވަމުން އަންނައިރު އިޒްރޭލުން މިރޭ ދިން ވަރުގަދަ ބޮމުގެ ހަމަލާތަކުގައި ޣައްޒާގައި މުވާސަލާތީ ގުޅުންތައް ވަނީ އެކުގައިހެން ކެނޑިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް