ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕް 2022 އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފެށޭއިރު، މި މުބާރާތަކީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން ބާއްވާ ވޯލްޑް ކަޕް މުބާރާތެވެ. މި މުބާރާތުގެ ތައްޔާރީތަކަށް ވެސް 1696 މިލިއަން ޑޮލަރު ހޭދަކުރިކަމަށް ރިޕޯޓުތައް ބުނާއިރު، މިފަހަރުގެ މުބާރާތަށް ކަނޑައެޅި ފައިސާގެ އިނާމުގެ ބަޖެޑް ވެސް 440 މިލިއަން ޑޮލަރަށް އަރައެވެ. މިއީ އެންމެ ފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕު މުބާރާތަށް ދިން ފައިސާގެ އިނާމަށް ވުރެ 40 މިލިއަން އިތުރު އަދަދެކެވެ.
މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް މުބާރާތުގެ ޗެމްޕިއަން ޓީމަށް 42 މިލިއަން އެމެރިކާ ޑޮލަރު ދޭގޮތައް ހަމަޖައްސާފައިވާއިރު، 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ޗެމްޕިއަނުންނަށް ދީފައިވަނީ 38 މިލިއަން އެމެރިކާ ޑޮލަރެވެ.
އަދި މި ފަހަރުގެ މުބާރާތުގެ ރަނަރަޕް ޓީމަށް 30 މިލިއަން ޑޮލަރު ދޭން ނިންމާފައިވާއިރު، ނިމިގެން ދިޔަ ވޯލްޑް ކަޕުގެ ރަނަރަޕް ޓީމަށް ދީފައިވަނީ 28 މިލިއަން ޑޮލަރެވެ.
މިއަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް މުބާރާތުގައި ވާދަކުރާ އެކި ވަނަތަކަށް ދޭން ނިންމާފައިވާ ފައިސާގެ އިނާމްތަކުގެ ތަފްޞީލް
- ގުރޫޕް ސްޓޭޖު: ކޮންމެ ޓީމަކަށް 9 މިލިއަން ޑޮލަރު
- ގަދަ 16 ވަނަ ބުރު : ކޮންމެ ޓީމަކަށް 13 މިލިއަން ޑޮލަރު
- ކުއާޓާ ފައިނަލް : ކޮންމެ ޓީމަކަށް 17 މިލިއަން ޑޮލަރު
- ރަނަރަޕް ޓީމް : 30 މިލިއަން ޑޮލަރު
- ޗެމްޕިއަން ޓީމް: 42 މިލިއަން ޑޮލަރު
- މުބާރާތުގެ ހަތަރު ވަނައަށް : 25 މިލިއަން ޑޮލަރު
- މުބާރާތުގެ ތިންވަނައަށް : 27 މިލިއަން ޑޮލަރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް