ދެކުނުގެ އަތޮޅުތަކަށް މިރޭ ބޯކޮށް ވާރޭވެހި ވަޔާއި ކަނޑު ގަދަވާނެ

ދެކުނުގެ އަތޮޅުތަަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މެޓް އޮފީހުން ބުނީ ތ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. އެލާޓު ނެރެފައިވަނީ މިރޭ8:00 ...

28 Oct 2022 | 15:17

ދެކުނުގެ އަތޮޅުތަަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ތ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. އެލާޓު ނެރެފައިވަނީ މިރޭ8:00 ން މެންދަމު2:00 އަށެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި މިރޭ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުގުރާނެ އެވެ. އަދި ކަނޑުތައް ގަދަވާނެ އެވެ.

އާންމުކޮށް ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ވނީ މޫސުމަށް ސަމާލުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް