މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސް މިރޭ މާލޭގައި އޮންނާނެ.
ކާނިވާ ސަރަހައްދުގައި އޮންނަ މި ދަރުސްގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސް އެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދަރުސް އޮންނާނީ ރޭގަނޑު 8.45 ގައެވެ.
މުފްތީ މެންކްގެ އިތުރު ދަރުސްތައް މި ހަފްތާ ބަންދުގައި ކުރިއަށް ދާނެއެވެ. އެގޮތުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ އަދި ހުޅުމާލޭގައި މި ދަރުސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މުފްތީ މެންކްގެ މި ދަތުރުފުޅުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަނާއި ވަގުތު:
- މާލެ- މިރޭ، ކާނިވާ ސަރަހައްދުގައި
- ފުވައްމުލައް ސިޓީ – އޮކްޓޯބަރު 29 ވަނަ ދުވަހު، ޙާފިޒް އަޙްމަދު ސްކޫލުގައި
- އައްޑޫ ސިޓީ – އޮކްޓޯބަރު 30 ވަނަ ދުވަހު، ސިޓީ ސްކޮޔަރގައި
- ހުޅުމާލެ- އޮކްޓޯބަރު 31 ވަނަ ދުވަހު، ސިންތެޓިކް ޓްރެކްގައި
މިއިން ކޮންމެ ތަނެއްގައިވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައެވެ.
މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތުވެސް ލިބިގެންދާނެކަމުގައި އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް