'ޗަނާޗާ 2022' މިއުޒިކް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

'ޗަނާޗާ 2022' މިއުޒިކް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ. މި ފެސްޓިވަލްއަކީ މަޝްހޫރު ދިވެހި ސްޓްރީމިންގ ޕްލެޓްފޯރމް ކަމަށްވާ ބައިސްކޯފުން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވ...

28 Oct 2022 | 11:29

'ޗަނާޗާ 2022' މިއުޒިކް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ. މި ފެސްޓިވަލްއަކީ މަޝްހޫރު ދިވެހި ސްޓްރީމިންގ ޕްލެޓްފޯރމް ކަމަށްވާ ބައިސްކޯފުން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.

ކޮވިޑް-19 އާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރު މި ބާއްވާ 'ޗަނާޗާ' ފެސްޓިވަލް މިފަހަރު ބޭއްވިގެންދާނީ އެހެން ފަހަރުތަކަށްވުރެ ކުލަ ގަދަކޮށެވެ. މިގޮތުން ދިވެހިރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑުތަކުގެ އިތުރުން ބޭރު ޤައުމުތަކުގެ ނަން މަޝްހޫރު  އާރޓިސްޓުންވެސް މި ޝޯވ ގަ ބައިވެރިވާނެއެވެ. ޝޯވގައި ފެނިގެންދާނެ ދިވެހި މިއުޒިކް ބޭންޑްތަކުގެ ތެރޭގައި ރަވިއޯ،  ޓްރެފިކް ޖޭމް،  އިކުއެޓިކް ވައިބް، ޑިޓިއުން ބޭންޑް އަދި ފަސީ ލައިވް ހިމެނެއެވެ. މީގެ އިތުރުން ބައިންލްއަޤްވާމީ ލަވަކިޔުންތެރިން ކަމަށްވާ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ އަދި އިންޑޮނޭޝިއާގެ އާޓިސްޓެއް ކަމަށްވާ ނަތާޝާ ރަތުނަޔަކެވެސް 'ޗަނާޗާ 2022' އިން ފެނިގެންދާނެއެވެ.

'ޗަނާޗާ 2022' އޮންނާނީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ހަވީރު 4:00-6:00 ކަށް އަދި ރޭގަނޑު 8:00-10:00 އަށެވެ. ހަވީރު ޝޯވގެ އެންޓްރީ ހިލޭ ނަމަވެސް ރޭގަނޑުޝޯވއަށް ވަދެވޭނީ ޓިކެޓް ގަނެގެންނެވެ. 150 ރުފިޔާގެ މި ޓިކެޓު ބައިސްކޯފުން ވިއްކަނީ އޮންލައިންކޮށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޒުވާނުންގެ ހުނަރު ދައްކާލުމުގެ އިތުރު ފުރުޞަތުތައް މަގުފަހިވެގެންދާ މިފަދަ އިވެންޓްތަކަށް އެއްބާރުލުންދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް