އިންޑިއާގެ ހުރިހާ އަންހެނުންގެ ހިތް ކަތިލަމުންދާ ސައުތް އިންޑިއާ އަދި ބޮލީވުޑްގެ ބަތަލް ވިޖޭ ދެވޮރަކޮންޑާ އަކީ ހުސް ހަށިބައިި މީހެއް ނޫން ކަމަށް ބަތަލާ ޖާންވީ ކަޕޫރު ބުނެފި އެވެ.
ޖާންވީގެ ކުރިޔަށް އޮތް ފިލްމު "މިމީ" ގެ ޕްރޮމޯޝަންގެ ތެރެއިން މީޑިއާގައި ވާހަކަ ދައްކަމުން އޭނާއަށް އެންމެ ކަމުދާ ޒުވާން ފިރިހެން ތަރިންނާއި ގުޅޭގޮތުން ސުވާލު ކުރުމުން ވިޖޭ އެ ލިސްޓުގައި މިހާރު ނުހިމެނޭނެ ކަމަށް ބުންޏެވެ. ޖާންވީ ބުނީ ވިޖޭ އަކީ ގާތްގަނޑަކަށް މީހަކާއި އިނދެގެން އުޅޭ މީހެއް ކަމަށެވެ.
ޖާންވީގެ މި ވާހަކަ އެކި މީހުން މާނަ ކުރަމުންދަނީ އެކޮގޮތަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ޖާންވީ އެ މާނަކުރީ ވިޖޭ އުޅެނީ ވަރަށް ސީރިއަސްކޮށް ވަކި ނުވާނެފަދަ ގުޅުމަކުން މީހަކާއި ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ. އަނެއް ބަޔަކު މާނަ ކުރަނީ ވިޖޭ އުޅެނީ ސިއްރުން ކައިވެނި ކޮށްގެން ކަމަށެވެ.
ގިނަ ބަޔަކު ބުރަވަމުން ދަނީ ސިއްރުން ކައިވެނިކޮށްގެން އުޅޭ ބަޔަށެވެ. ރިޕޯޓުތައް ބުނާގޮތުގައި އެކަން ޔަގީންވާ ބައެއް ސަބަބުތައް އެބަހުއްޓެވެ. އެއީ އޭނާ އާއި ގުޅުވައިގެން ކިޔާ އެއްވެސް ތަރިއަކާއި ގުޅުމެއް އޮންނަކަމަށް ވިޖޭ އެއްބަސް ނުވާތީ އެވެ. އަދި އެއްވެސް ތަރިއަކަށް ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފައިވާތީ އެވެ.
ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އޭނާގެ ލޯބިވެރިއަކީ ނުވަތަ އަނބިމީހާ އަކީ ސައުތް އިންޑިއާގެ މަޝްހޫރު ތަރި ރަޝްމިކާ މަންޑަނާ އެވެ. އެއީ ހުރިހާ ތަރިންނާއި ގުޅުވައިގެން ކިޔަމުން ދަނިކޮށް ވިޖޭ ވަނީ ދާދި ފަހުން ރަޝްމިކާ އާއި އެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްފަ އެވެ.
އެކަން ދެމީހުން ހާމަކޮށްފައި ނުވާއިރު ދެ މީހުންގެ ގުޅުމާއި ގުޅޭގޮތުން ސުވާލު ކުރިޔަސް ޖަވާބެއް ނުދެ އެވެ.
މި ދެ ތަރިން ވަނީ ގިނަ ސައުތް އިންޑިއަން ފިލްމުތަކެއްގައި މަސައްކަތް ކޮށްފައި އެވެ. އަދި ދެމީހުންގެ ދެމެދުގައި ގުޅުން އޮންނަ ކަމަށް އަޑުފެތުރިފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް