ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ދެންމެ މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. ހޯނޑެއްދޫ ވަލުތެރެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާކަމަށެވެ.
"ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަންގެ ތެރެއިން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ގދ. ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލާފައިހުއްޓައެވެ. " ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާއި އަދި މި އޮޕަރޭޝަންގެ ތެރެއިން، ކޯޓު އަމުރުގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ހޯދީ ކިހާ މަސްތުވާތަކެއްޗެއްކަމެއް، ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މަސްތުވާތަކެތި ހޯދީ ފަޅު ރަށަކުން ކަމަށް ކުރިން ބުނި ނަމަވެސް އެއީ އޮޅުމެއް ކަމަށާއި ރަނގަޅު ގޮތަކީ، ހޯނޑެއްދޫއިން އެ ތަކެތި ފެނުން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް