އީލޮން މަސްކް 44ބިލިޔަނަށް ޓްވިޓާ ގަނެ، ސީއީއޯ ޕަރާގްގެ އިތުރުން އިސްވެރިންތަކެއް ޓްވިޓާއިން ވަކިކޮށްފި

ހަ މަސް ދުވަހުގެ ދެބަސްވުންތަކާއި ފިއްތުންތަކަށްފަހު، ވިޔަފާރިވެރިޔާ އީލޮން މަސްކް އެންމެ ފަހުން ޓްވިޓާ ރަސްމީކޮށް ގަނެފިއެވެ. ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އީލޯން މަސްކު ޓްވި...

28 Oct 2022 | 04:30

ހަ މަސް ދުވަހުގެ ދެބަސްވުންތަކާއި ފިއްތުންތަކަށްފަހު، ވިޔަފާރިވެރިޔާ އީލޮން މަސްކް އެންމެ ފަހުން ޓްވިޓާ ރަސްމީކޮށް ގަނެފިއެވެ.

ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އީލޯން މަސްކު ޓްވިޓާ ގަނެފައިމިވަނީ 44 ބިލިޔަން ޑޮލަރަށެވެ.

ޓްވިޓާ ގަތުމަށްފަހު ޓްވިޓާގެ އިސް މަގާމުތަކަކުން މީހުން ވަޒީފާއިން ވަކިކޮށްފައިވާކަމަށްވެސް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އެގޮތުން ޓްވިޓާގެ ސީއީއޯ ޕަރާގް އަގަރްވާލާއި ޗީފް ފައިނޭންޝަލް އޮފިސަރު ނެޑް ސޭގަލް އާއި ލީގަލް ޕޮލިސީ ހެޑް، ވިޖާޔާ ގައްޑޭވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

އެ ފަރާތްތައް މަގާމުން ވަކިކޮށްފައިވާކަމަށް ރިޕޯޓްކޮށްފައިވީނަމަވެސް މަސްކު އަދި ޓްވިޓާއިންވެސް ރަސްމީކޮށް އެކަން ހާމަކޮށްފައެއް ނުވެއެވެ.

މީގެ ހަ މަސް ދުވަސް ކުރިން ފެށިގެން އީލޮން އަންނަނީ ޓްވިޓާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮސް އެކަމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރި މަސައްކަތަށް ޓްވިޓާގެ ލީޑަޝިޕާއި އެހެނިހެން ފަރާތްތަކުން ދިޔައީ ހުރަސް އަޅަމުންނެވެ. އީލޮން އާއި ދެކޮޅަށް ކޯޓަށްވެސް މައްސަލަތައް ވެއްދިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް