ދުވަހުގެ މޫސުން: ދެކުނަށް މޫސުން ގޯސް

ދުވަހުގެ މޫސުމަށް ބަލައިލާއިރު ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ...

28 Oct 2022 | 02:46

ދުވަހުގެ މޫސުމަށް ބަލައިލާއިރު ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮސް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ މި ބުލެޓިންގައި ބުނެފައިވަނީ މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް، ހާއްސަކޮށް ދެކުނުގެ ސަރަހައްދަށް، ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ.

"އުތުރުގެ އަތޮޅުތަކަށް ވައި އެނބުރި އާންމުގޮތެއްގައި މަޑުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ، އެހެން ހިސާބުތަކަށް ހުޅަނގުދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

ކަނޑުތަކަށް ބަލައިލާއިރު އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި، ވިލާގަނޑގައި އާދައިގެވަރަކަށް ގަދަވާނެކަމަށް ބުނެފައިވެއެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ.

ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް