އީއޭ އަދި ފީފާ ގުޅިގެން އީ-ވޯލްޑްކަޕް ބާއްވަނީ

އިލެކްޓްރޯނިކް އާޓްސް އަދި ފީފާ ގުޅިގެން ފުރަތަމަ އީ-ވޯލްޑްކަޕް 2018 ވަނަ އަހަރު ބާއްވަން ނިންމައިފިއެވެ. މިއީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތް ކަމުގައިވާ ފީފާ ވޯލްޑްކަޕާއި ގުޅުވައ...

28 Oct 2017 | 06:37

އިލެކްޓްރޯނިކް އާޓްސް އަދި ފީފާ ގުޅިގެން ފުރަތަމަ އީ-ވޯލްޑްކަޕް 2018 ވަނަ އަހަރު ބާއްވަން ނިންމައިފިއެވެ.

މިއީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތް ކަމުގައިވާ ފީފާ ވޯލްޑްކަޕާއި ގުޅުވައިގެން އީއޭ ސްޕޯޓްސް ފީފާ ގެ ކުޅުންތެރިންގެ މެދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތް ހާއްސަ ކުރެވިފައިވަނީ ޕްލޭސްޓޭޝަން އަދި އެކްސްބޮކްސް އިން އީއޭ ސްޕޯޓްސް ފީފާ ކުޅޭ ކުޅުންތެރިންނަށެވެ.

މި މުބާރާތް ރާވާލެވިފައިވާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރުން މިއަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކޮލިފިކޭޝަން މުބާރާތްތަކެއް ކުރިއަށް ދާނެއެވެ. އަދި މިހާރުވެސް  އީއޭ ސްޕޯޓްސް ފީފާގެ ކޮމްޕެޓިޓިވް މުބާރާތްތަކުގައި ވާދަކުރާާ ޓީމު ތަކަށާއި ޕްރޮފެޝަނަލް ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ވަކި ކޮލިފިކޭޝަން މުބާރާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮލިފިކޭޝަން މުބާރާތްތަކުން، ޕްލޭސްޓޭޝަން އަދި އެކްބޮކްސް އަށް އެއްވަރަކަށް ބަހާލައިގެން ހޮވާލެވޭ އެންމެ މޮޅު 128 ކުޅުންތެރިން ފީފާ 18 ގްލޯބަލް ސީރީސް ޕްލޭއޮފްއަށް ދަތުރުކުރާނެއެވެ. އަދި ޕްލޭއޮފްއިން މޮޅުވާ 32 ކުޅުންތެރިން އީ-ވޯލްޑްކަޕަށް ދަތުރުކުރާނެއެވެ. އީ-ވޯލްޑް ކަޕު 2018 ކުރިއަށްދާނީ މިއަންނަ އަހަރުގެ އޮގަސްޓް މަހުގައެވެ.

މި މުބާރާތުގެ ކޮލިފިކޭޝަންގައި އެތައް މިލިޔަން ކުޅުންތެރިންނެއް ވާދަކުރާނެކަމަށް ބެލެވޭކަމަށް އީއޭއިން ވަނީ ބުނެފައެވެ. އަދި މުބާރާތަކީ ކޮމްޕެޓިޓިވް ފީފާ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭން މުބާރާތެއް ކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.

މި މުބާރާތުގެ ކޮލިފައިން ކުރިއަށްދާނެގޮތާއި މުބާރާތުގައި ބައިވެރިވަން ހަދަންޖެހޭގޮތުގެ އިތުރު މައުލޫމާތު މިލިންކުން ލިބޭނެއެވެ.

https://www.easports.com/fifa/ultimate-team/compete/home

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް