އުރީދޫ ޕްރިމިއަރ ކަސްޓަމަރުންނަށް އަގޯޑާ އިން 50% ޑިސްކައުންޓް

އުރީދޫގެ ޕްރިމިއަރ ކަސްޓަމަރުންނަށް، ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއިން ޑިސްކައުންޓް ލިބޭ ގޮތަށް ޕާޓްނާޝިޕް އެގްރިމެންޓެއް ހަދައިފިއެވެ. ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއާއި އުރީ...

28 Oct 2017 | 04:02

އުރީދޫގެ ޕްރިމިއަރ ކަސްޓަމަރުންނަށް، ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއިން ޑިސްކައުންޓް ލިބޭ ގޮތަށް ޕާޓްނާޝިޕް އެގްރިމެންޓެއް ހަދައިފިއެވެ.

ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއާއި އުރީދޫއިން ބައިވެރިވެ، އުރީދޫ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ޚާއްޞަ ޢިނާޔަތްތައް ލިބިދޭނެކަން އިއުލާނު ކޮށްފައިވަނީ އިއްޔެ، އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017ގެ ބައިވެރިންނަށް ބޭއްވުނު ޚާއްޞަ ޙަފްލާއެއްގައެވެ.

މި އެއްބަސްވުމާއި ބެހޭގޮތުން އުރީދޫގެ ސީއީއޯ ނަޖީބުޚާން ވިދާޅުވީ އަގޯޑާއާއެކު އިޢުލާނުކުރެވުނު ޕާރޓްނަރޝިޕާއެކު އިއްޔެ އަކީ އުރީދޫގެ ކްލަބް ޕްރިމިއަރ މެމްބަރުންނަށް ވަރަށް ޚާއްޞަ ދުވަހެއް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކްލަބް ޕްރިމިއަރ މެމްބަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދީ، އިތުރު ފައިދާތަކާއި މަންފާތައް ތަޖުރިބާކުރުމަށް މަގުފަހިކޮށްދިނުމަށް. މި ފުރުޞަތުގައި އަޅުގަނޑުމެންގެ ޕާރޓްނަރ އަގޯޑާއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި ކުރިމަގުގައިވެސް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފައިދާކުރަނިވި ޚިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްޚާން ވިދާޅުވިއެވެ.

އުރީދޫ ކްލަބް ޕްރިމިއަރ ޕްރޮގްރާމް ފެށުނުފަހުން އުރީދޫއިން ދަނީ އެޕްރޮގްރާމް އިތުރަށް ފުޅާކޮށް ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި މަންފާތައް ލިބެނިވިގޮތަށް ޚިދުމަތް ބައްޓަން ކުރަމުންނެވެ. މިގޮތުން ދާދިފަހުން ހުޅުވުނު ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޚާއްޞަ ލައުންޖުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ޚިދުމަތެއްގެ އިތުރުން، ކްލަބް ޕްރިމިއަރ މެންބަރުންނަށް މަތީ ފެންވަރުގައި ޚިދުމަތް ލިބިދެވޭނޭކަމުގައި އުރީދޫ އިން ހާމަކުރެ އެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017 އޮންނާނީ 28 އޮކްޓޯބަރ 2017 ވާ ހޮނިހިރު ދުވަހުގެރޭ 8:30ގައި އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖްގައެވެ. އުރީދޫ މޯލްޑިވްސްއަކީ ސައުރު އޭޝިއަން ޓްރެވަލް އެވޯޑްސް 2017ގެ ޕްލެޓިނަމް ޕާރޓްނަރއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް