މާރަނަ ދޯނީގެ ކެޕްޓަން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގައި އިންޑިއާގެ ކޯސްޓްގާޑެއް ބައިވެރިވެއްޖެ

އޮކްޓޯބަރ 24 ވަނަ ދުވަހު 03 މީހުންނާއިއެކު ކ.ވިލިގިލިން ފުރައިގެން އއ.ކުރަމަތި ރިސޯޓަށް ދަތުރުކުރި "މާރަނަ-04" ސަޕްލައި ދޯނި، އއ.ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ ގެ އިރުން އަޑިޔަށް ދިޔަ ހާދިސާގ...

28 Oct 2015 | 10:08

އޮކްޓޯބަރ 24 ވަނަ ދުވަހު 03 މީހުންނާއިއެކު ކ.ވިލިގިލިން ފުރައިގެން އއ.ކުރަމަތި ރިސޯޓަށް ދަތުރުކުރި "މާރަނަ-04" ސަޕްލައި ދޯނި، އއ.ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާ ގެ އިރުން އަޑިޔަށް ދިޔަ ހާދިސާގައި ގެއްލުނު 03 މީހުންގެ ތެރެއިން ދޯނީ ގެ ކެޕްޓަން ނުފެންނާތީވެ، މީނާ ހޯދުމުގެ މަސައްކަތް ކަނޑު މަގުންނާއި ވައިގެ މަގުން، އެމްއެންޑީއެފް ކޯސްޓްގާޑާއި އަދި އިންޑިޔާ ކޯސްޓްގާޑުން ހުއްޓުމެއްނެތި ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ދިމާވިއިރު މިނާ ލައިގެން ހުރީ ކަޅުކުލައިގެ ޓީ ޝާޓަކާއި ކަޅުކުލައިގެ ފަޓުލޫނެއް އަދި އޮރެންޖް ކުލައިގެ ލައިފް ޖެކެޓެއް އަޅައިގެން ހުރިކަމަށް ވަނީ މަޢުލޫމާތުލިބިފައި ވާކަމަށެވެ. އަދި މިސަރަޙައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ މީނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މިއުޅަނދާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށާއި ފެކްސް ކުރައްވާނަމަ 3391665 ނަންބަރަށް ފެކްސް ކުރެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދިލައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް