ހުސްވެފައިވާ ޓުއަރިޒަމް މިނިސްޓަރުގެ މަގާމަށް މޫޒާ ޒަމީރު އަދި ޑިފެންސް މިނިސްޓަރުގެ މަގާމަށް އާދަމް ޝަރީފު އުމަރު، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފި އެވެ.
ދެ މަގާމަށް ދެ ބޭފުޅުން އައްޔަން ކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ދެބޭފުޅުންވެސް މިނިސްޓަރުކަމުގެ ހުވާ ކުރައްވާފައިވާއިރު ދެބޭފުޅުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.
ޑިފެންސް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝަރީފް ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ.
ޓޫރިޒަމް މިނިސްޓްރަކަށް އައްޔަން ކުރެއްވި މޫސާ ޒަމީރަކީ ކުރިން ތ.ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން މޫސާ ޒަމީޒަކީ ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް މެންބަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް