ސަރުކާރުން ކުރާ ރަގަނޅު ނޫން ކަންކަމަކީ ރަގަނޅު ކަމެއް ކަމަށް ބުނެ މަންމަނަކަށް ވެފައި ނުހުންނާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެެވެ.
މީގެއިތުރުން އައްބާސް ވިދާޅުވީ، ސަރުކާރަށް ޖެއްސުންކޮށް އުދަނގު ކުރުން ފަދަ އަމަލުތައް ވެސް ނުކުރާނެ ކަމަށެވެ.
އައްބާސް ވިދާޅުވީ އައްބާސް އަބަދުވެސް ވަކާލާތު ކުރަނީ ވެލިދޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުންނާއި މުޅި ގައުމުގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ކަމަށާއި ރައްޔިތުންނަށް ވަފާތެރިވާނެ ކަމަށް ވެސް އައްބާސް ވިދާޅުވެފައި ވެއެވެ.
އައްބާސް ވަނީ އޭނާގެ އެކްސް އެކައުންޓުގައި ސަރުކާރުން ކުރަމުން އަންނަ ބައެއް ކަންކަން ފާހަގަކޮށް އެކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ވަޒީފާ ތަކުން މީހުން ވަކި ކުރުމާއި، ސަރުކާރެަށް އެއް އަހަރު ވެގެން ދިޔަ އިރުވެސް ކުރީ ސަރުކާރުގެ ވާހަކަތައް ދައްކާ ކުރީ ސަރުކާރުން ވައްކަން ކުރި ވާހަކަތައް ފަދަ ވާހަކަތަސް ދައްކަމުން ދާ ކަމަށެވެ. އެެހެން ނަމަވެސް އެބުނާ ވައްކަން ކުރާ މީހަކު ހޯދިފައި ނުވާކަމަށް ވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރަށް އަހަރެއް ވެގެން ދިޔަ އިރުވެސް ކުރީ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތަކުގެ ބޮޑު އިންސައްތައެއް ނިމިފައިވާ އިރުވެސް ކޮންޓްރެކްޓް އައު ނުކޮށް މަސައްކަތް ނުނިމި ހުރިކަންވެސް އައްބާސް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް