ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މި ފެށޭ މަހު އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ރައީސް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ފެށޭ މަސްތެރޭއެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރުގެ އިތުރުން އިންޑިއާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި، މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަހު ގުޅުން ބަދަހިކުރުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ދާދި ފަހުން އިންޑިއާގެ ފޮރިން އެފެެއާޒް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރު ވަނީ ރާއެްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ.
ރައީސް އިންޑިއާއަށް ފުރާވަޑައިގަންނަވާނެ ވަކި ތާރީހެއް އަދި ރައީސް އޮފީހުން އަންގާފައެްއް ނުވެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް