މާފުށި ޖަލުގައި ހުއްޓާ ދަންޖެހި މަރުވި ގ. އެއްތެޔޮމާގެ އަބްދުލް ޣަނީ އިސްމާއިލް (62އ) ގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާފައިވަނީ27 ސެޕްޓެމްބަރ2024 ވަނަ ދުވަހު ކަމަށެވެ.
އޭނާ ބަންދުގައި ހުރީ15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ. އޭނާ ބަންދުކޮށްފައިވަނީ ޝަރީއަތް ނިމެންދެންނެވެ. މި މައްސަލަ އާއި ގުޅިގެން ނޭޝަނަލް އެންޓަގްރިޓީ ކޮމިޝަން (އެބްއައިސީ) ގެ ޓީމެއް ވެސް ވަނީ ހަރަކާތްތެރިވެފައެވެ.
ފުލުހުންގެ ބަންދުގައި ހުއްޓާ މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަނީ ގައިދީއަކު ދަންޖެހިގެން މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް